އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވެރިރަށް ނިއުދިއްލީގެ މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓި ސިފައިން ތަކެއް މަރުވެއްޖެ އެވެ.

މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއީރު މިހާދިސާގައި 8 މީހުން ވަނީ މަރުވެފައެވެ.

އޭގެ ތެރޭގައި ސިފައިންގެ 7 މީހަކާއި އާންމު މީހެއް ހިމެނެ އެވެ.

ދިއްލީގެ ފުލުހުންގެ ވެރިޔާ ވިނޯދް ވިދާޅުވީ 31 މީހަކު ގެއްލިގެން ހޯދުމުގެ މައްސަކަތް ކުރަމުންދާކަމަށެވެ.

މި އިމާރާތް ވެއްޓެން މެދުވެރިވީ ބިންގަނޑު ޗަކަ ވެގެން ކަމަށް ދއްިލީގެ ފުލުހުން މައުލޫމާތު ދެއްވައެވެ.

އިންޑިޔާއަކީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް ސަރަހައްދެއްގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެ ގިނަބަޔަކު ހާލުގައިޖެހޭ ގައުމެކެވެ.

އެހެން ނަމަވެސް މިއަހަރު އިންޑިއާގެ ބޮޑު ސަރަހައްދަކަށް ވަނީ ހަނަފަސްކަން ކުރިމަތިވެފަ އެވެ.

އިންޑިއާއަށް އާންމުކޮށް މޫސުމީ ވިއްސާރަ ލައިގަންނަނީ ޖޫންމަހާއި ސެޕްޓެމްބަރުމަހާ ދެމެދުގަ އެވެ.

މި ވިއްސާރައިގެ ސަބަބުން މުމްބާއީގެ މައި އެއާޕޯޓްގެ ހުރިހާ ފްލައިޓެއް ކެންސަލް ކޮށްފައެވެ.

ވިއްސާރާގައި ހުޅަގު އިންޑިއާގެ ބިންގަނޑު ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ ހާހެއްހާ މީހުން ސަލާމަތްކޮށްގެން ރައްކާތެރި ހިސާބުތަކަށް ގެންދާން ޖެހުނު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ވިއްސާރާގައި ބައެއް ސިޓީތަކުގެ ރޭލް ދަތުރުތަކާއި މަގުމަތީ ދަތުރުތަކުގެ އިތުރުން ވައިގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފަ އެވެ.

މިއީ ފާއިތުވި 10 އަހަރު ތެެރޭގައި އެންމެ ބޯކޮށް އެ ސަރަހައްދަށް ވާރޭ ވެހުނު ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަނު

    ދެން ގޮސް ޕާކިސްތާނަށް ހަމަލާދީ ދެން މޯދީ ބުނާނެ އެއީ ޕާކިސްތާނުން ކުރިކަމެކޭ

    10
    1
  2. އަހުމަދު

    الحمد لله

    2
    5