މީގެ 50 އަހަރު ކުރިން ލިޔުނު އަސަރުގަދަ ސިޓީއެއް ފުޅިއެއްގައި އޮސްޓްރޭލިޔާގެ ގޮޑުދޮށް ލައްގައިފިއެވެ.

ފުޅިއެއްގައި އޮއްވާ މި ސިޓީ ފެނިފައިވަނީ ޕައުލް އެލައިޓް އަދި އޭނާގެ ދެ ދަރިނަށް އޮސްޓްރޭލިޔާގެ ދެކުނު އައްްސޭރިފަށުންނެވެ.

ޕައުލް އެލައިޓް ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ 50 އަހަރު ކުރިން ލިޔުނު މިސިޓީ ލިޔުނު ގެބިސްސަން ނަމަކަށް ކިޔާ މީހަކު ހޯދަމުންދާކަމަށެވެ.

މި ސިޓީ ލިޔުނު އިރު ގެބިސްސަންގެ އުމުރަކީ 13 އަހަރެވެ. އަދި މި ސިޓީ އޭނާއާއި ހަވާލު ކުރަން ބޭނުންވާ ކަމަށް ޕައުލް ބުނިއެވެ.

މިއީ ކަނޑުގެ އޮއި ހިނގާ ގޮތް ބެލުމަށް 21 ވަނަ ގަރުނުގައި ނޯތު ސީ އަށް ދޫކޮށްލި ފުޅިތަކުގެ ތެރެއިން ފުޅިއެއް ކަމަށް ވަނީ ބެލެވިފައެވެ.

މިއީ މި ގޮތަށް ފުޅީގައި ކަނޑަށް ދޫކޮށްފައިވާ މެސެޖުތަކުގެ ތެރެއިން އެންމެ ދުވަސްވީ ލިއުމަށް ވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

ކަނޑަށް ދޫކޮށްފައިވާ މެސެޖުތަކުގެ ތެރެއިން އެންމެ ދުވަސްވީ ލިއުމެއް ކަމަށް މިހާތަނަށް ރެކޯޑްކުރެވިފައި ވަނީ 99 އަހަރުގެ މެސެޖެކާއި 43 އަހަރުގެ މެސެޖެކެވެ.