އިންޑިޔާގެ ހަރިޔާނާގެ އަވަށެއްގައި ގެރިއެއް ވަގަށް ނެގި މީހަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލާ މަރާލައިފިއެވެ.

އިންޑިޔާގެ ނޫހެއް ކަމުގައިވާ އެންޑީޓީވީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމީހާ މަރާލާފައިވަނީ ގެރި ބަކަރި ގެންގުޅޭ ތާކަށް ގޮސް ގެރިތަކެއް ވަގަށް ނެގި ކަމުގެ މައްސަލައިގައެވެ.

މި ގެރިތައް ވަގަށް ނެގުމުން މިމީހާ ހޯދާ ގޮނޑިއެއްގައި އައްސާ މަރުވަންދެން އަނިޔާކޮށްފައިވާ ކަމަށް ނޫސްތަކުން ރިޕޯޓްކުރެއެވެ. އިންޑިޔާގެ ނޫސްތަކުން އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި މިމީހާ މަރާލާފައިވަނީ އެގެރިތައް ގެންގުޅޭ މީހުންނެވެ. އަދި މިމީހާ މަރަލުމުގައި 3 މީހެއްވަނީ ބައިވެރި ވެފައެވެ.

އިހާނެތިކޮށް މިމީހާ މަރާލާފައިވާއިރު، މިމީހާ މަރާލިކަމުގެ ތުހުމަތުގައި ފުލުހުންވަނީ އެކަކު ފުލުހުންގެ ބެލުމުގެ ދަށައްގެންގޮސްފައެވެ. އަދި މިކަމުގައި ޝާމިލްވާ އިތުުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރުދަނީ ކުރަމުން ނެވެ.

ދާދިފަހުން ގިނަ ބަޔަކު ވެގެން އަންހެން ގެރިއެއް ރޭޕް ކުރި މައްސަލަ އިންޑީޔާގައިވަނީ ވަރަށް ބޮޑު ވެފައެވެ. އިންޑިޔާގެ ހިންދޫ ދީނުގައި ގެރިއަކީ ވަރަށް މަތީ މަޤާމެއް ދެވިފައިވާ ޖަނަވާރެކެވެ.

ކިޔުންތެރިންގެ ހިޔާލު