ޑްރަގް އަށް ނުގުޑާ މެލޭރިޔާއެއްް ނެކުނު އިރުމަތީ އޭޝިއާގައި ފެތުރެމުންދާ ކަމަށާއި މީގެ ސަބަބުން ގްލޯބަލް ހެތްލް އެމަޖެންސީ އެއް އިއުލާން ކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ތަފާތު ދެ ރިޕޯޓަކުން ބުނެފިއެވެ.

އިއްޔެ އާންމު ކުރި މި ރިޕޯޓްތަކުން ބުނާގޮތުގައި ޑްރަގް އަށް ނުގުޑާ މެލޭރިޔާ އެންމެ ބާރަށް ފެތުރެމުންދަނީ ތައިލެންޑް, ލާއޯސް,ކަންބޯޑިއާ, އަދި ވިއެޓްނާމްގައެވެ.

މި މެލޭރިޔާ އެންމެ ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ސިއްހީ އޮޕިޝަލުން މި ބަލި ހުއްޓުވުމަށް މިހާރު ނުކުޅެދިފައިވާ ކަމަށް މި ރިޕޯޓްގައި ބުނެއެވެ.

މެލޭރިޔާ އަކީ ޕްލަސްމޯޑިޔާ ކިޔާ ޕަރަސައިޓް އެއްގެ ގުރޫޕަކުން ޖެހޭ ބައްޔެކެވެ. މިބަލި ފަތުރަނީ މަދިރީގެ ސަބަބުންނެވެ. މެލޭރިޔާ އަކީ ހޫނު ގައުމުތަކުގައި އުޅޭ މީހުންގެ މެދުގައި ވަރަށް އާންމު ބައްޔެކެވެ. އަހަރު 515 މިލިއަން މީހުންނަށް މިބަލި ޖެހޭކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ. އަދި މެލޭރިޔާ އަކީ ފަގީރު ގައުމުތަކުގައި ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ.

މެލޭރިޔާ ޖެހެނީ ބަލިޖެހިފައިވާ މީހެއްގެ ގައިން ލޭބުއިފައިވާ އެނޯފީލް އަންހެން މަދިރިއެއް، ޞިއްޙަތު ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑުން ލޭބުއިމުގެ ތެރޭގައި ޕްލަސްމޯޑިއަމް އެމީހެއްގެ ހަށިގަނޑަށް ވާޞިލްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު