ޗަައިނާ އަށް މިހާރު އަރާފައިވާ ބާރުގަދަ ތޫފާން ލެކިމާގައި ވައިގަދަ ކަމުން ބައެއް މީހުން ވައިގެ ތެރެއަށް ދަމައިގަނެ ބޮޑެތި އަނިޔާ ތަކެއް ލިބިއްޖެ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ބުނާގޮތުގައި ތޫފާން ލެކީމާގެ ސަބަބުން ބޯކޮށް ވާރޭވެހި 209 ކިލޯމީޓަރަށް ވައިގަދަ ވެފައިވާ ކަމަށެވެ.

ވައިގަދަ ވުމުގެ ސަބަބުން ބޭރަށް ހިގާބިގާވެ ނޫޅުވޭ އިރު މަގުމަތީގައި ތިބި ބައެއް މީހުން ވަނީ ވައިގެ ތެރެއަށް ދަމައިގެންފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ތޫފާން ލެކީމާގައި މިހާތަނަށް 22 މީހުން މަރުވެފައިވާއިރު ޗައިނާގެ ގިނަ ޕްރޮވިންސްތަކުން އެއް މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފައެވެ.
ތޫފާނާއި ގުޅިގެން ޗައިނާގެ މޫސުމާއި ބެހޭ އިދާރާއިން މިހާރު ވަނީ ޒެއިޖަންގ ޕްރޮވިނަސަށް ރެޑް އެލާޓް ނެރެފައެވެ. ޗައިނާގެ ހަތް ޕްރޮވިނަސަކަށް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

އަދި މި ތޫފާނުގެ ސަބަބުން ޔެންގްޒް ކޯރުގެ ފެންގަނޑު އުފުލި ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވުން އެކަށީގެންވެއެވެ.

ޗައިނާގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މިއަދުގެ ވަގުތެއްގައި ޗައިނާގެ އިތުރު ސަރަހައްދުތަކަށް އެ ތޫފާނުގެ އަސަރު ކުރާނެއެވެ. އޭގެ ތެރޭގައި ޗައިނާގެ ޔުނާން އާއި ގުއިޒޫ ހިމެނެއެވެ.

ތޫފާނުގެ އަސަރުކުރުމުގެ ސަބަބުން އެއްގަމު ދަތުރުފަތުރާއި ވައިގެ ދަތުރުފަތުރު ވަނީ ހުއްޓިފައެވެ.

ހުޅަނގު މޫސުމުގައި ވަރުގަދަ ތޫފާންތަކާ ކުރިމަތިލާން ޗައިނާއަށް އާއްމުކޮށް ޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު