ބޮލީވިޔާ އަށް 6.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ބޮލީވިޔާގެ ޓަރީޖާ ސިޓީ ކައިރި އަށް އައި މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައިނުވާއިރު މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ބޮލީވިޔާ އަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު މިދިޔަ ހަފްތާގައި ވެސް އެގައުމުގެ އެކި ސަރަހައްދުތަކަށް ވަނީ ބިންހެލުންތަކެއް އައިސްފައެވެ.

"ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ ބޮލީވިޔާ އަކީ ގިނައިން ބިންހެލުންތައް އަންނަ ގައުމެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެ އެވެ.

ބޮލީވިޔާ އަށް މިފަހުގެ ތާރީހެއްގައި އެންމެ ބާރުގަދަ (8.2 މެގްނިޓިއުޑް) ބިންހެލުމެއް އައިސްފައިވަނީ 1994 ވަނަ އަހަރުގައެވެ. ނަމަވެސް އެ ބިންހެލުމުގައި ވެސް މާބޮޑު ގެއްލުމެއް އެގައުމަށް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު