ޗައިނާއިން އެންމެ ރޮކެޓެއްގެ އެހީގައި ތިން ސެޓެލައިޓް ޖައްވަށް ފޮނުވާލައިފިއެވެ.
ޗައިނާގެ ޖުއަޒޫ ޕްރޮވިންސްގެ ޖިއުގާން ސްޕޭސް ލޯޗް ސެންޓަރުން މި ރޮކެޓް ތިން ސެޓެލައިޓް ހިފައިގެން ނައްޓާލީ އިއްޔެގެ ވަގުތެއްގައިއެވެ.
ސެޓެލައިޓަކީ ޖައްވުތެރޭގައިވާ ޕްލަނެޓްތަކުގެ ވަށައިގެން، އޯބިޓޭ ކިއޭ ވައްރޮގެއްގައި ދަތުރުކުރާ އެއްޗެކެވެ. މިގޮތުން އިންސާނުން ހަދާފައިވާ އެތައްހާސް ސެޓަލައިޓެއް އަޅުގަޑުމެންގެ މިޕްލަނެޓްގެ ވަށައިގެން މިވަގުތުވެސް އެބުރެމުން ދާނެއެވެ.
ޗައިނާގެ އެއިރޯ ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޓީ އިން ޑިޒައިން ކުރި މި ތިން ސެޓެލައިޓް ބޭނުން ކުރާނީ އިންޓަނެޓާއި ރިމޯޓް ސެންސާ އަދި މުއާސަލާތީ އެހެން ބޭނުން ތަކަށެވެ.
ޗައިނާއިން ފޮނުވާލި މި ތިން ސެޓެލައިޓް މިހާރު ވަނީ ދުނިޔޭގެ އޮރިބިޓުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ޗައިނާއިން މިހާރު ދަނީ ޖައްވަށް މީހުން ފޮނުވުމަށް ތައްޔާރުވަމުންނެވެ. އަދި އެގައުމުން ރާވަމުންދާ މިޝަންތަކުގެ ތެރޭގައި 2020 އަންނަންވާއިރަށް ހަނދުގައި ޗައިނާގެ ސްޕޭސް ސްޓޭޝަނެއް ގާއިމު ކުރުން ހިމެނެއެވެ.
އެންމެ ގިނަ ސެޓެލައިޓް އެއްފަހަރާ ލޯންޗް ކުރުމުގެ ރިކޯޑް އޮންނަނީ އިންޑިއާގެ އަތުގައެވެ. 2018 ވަނަ އަހަރު
އިންޑިއާ އިން އެއް ފަހަރާ 104 ސެޓެލައިޓް ދުނިޔޭގެ އޮރުބިޓަށް ވެއްދުމަށް ފަހު ރެކޯޑެއް ހަދައިފައިވެ އެވެ. އަދި މިދިޔަ ޖޫން މަހު ވެސް އިންޑިއާ އިން ވަނީ 20 ސެޓެލައިޓާ އެކު ރޮކެޓެއް އުދުއްސާލައިފަ އެވެ. މީގެ ތެރޭގައި އެމެރިކާގެ 13 ސެޓެލައިޓް ހިމެނެއެވެ.
އޭގެ ކުރިން މި ރިކޯޑް އޮތީ ރަޝިޔާގެ އަތުގައެވެ. ރަޝިޔާ އިން 2014 ވަނަ އަހަރު ވަނީ 39 ސެޓެލައިޓް އެއް ފަހަރާ އުދުއްސާލައިފައެވެ.
ތިކަމަށް ރައްދުދިނުމުގެ ގޮތުން އިންޑިޔާއިން އެއްފަރާ 50 ގެރި ޖައްވަށް ފޮނުވާނެ!
އިންޑިޔާއިން ހަނދަށްދާ މިޝަނެއްގައި މަހަލްދީބު ކިޔާ އިންޑިޔާގެ އަވަށުން ބޮޑޭއަކު ގެންދަން 2020ގަ ނިއްމާފަ އޮރީ! ބުއްޅަބޭ ކިޔާ ސޮރަކު!