ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ކާރުޚާނާތަކަށް ހަމަލާދިނީ ހޫތީން ނޫން ކަމަށާއި، އެތަންތަނަށް ހަމަލާދިނީ ސީދާ އީރާނުން ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާގެ ތަރުޖަމާން، ތުރްކީ އަލް މާލިކީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ހަމަލާތަކާ ގުޅިގެން ހިންގަމުންދާ ތަހުގީގަށް އެނގިފައިވާ ގޮތުގައި ޑްރޯންތައް އުދުއްސާލާފައިވަނީ ހޫތީން ނިސްބަތްވާ ގައުމު، ޔަމަނަކުން ނޫނެވެ. އަދި އެ ޑްރޯންތައް އުދުއްސާލާފައިވަނީ އީރާނުގެ ވެރިރަށް ތެހްރާނުގައި އުފައްދާފައިވާ ހަތިޔާރުތަކަކުން ކަމަށްވެސް މާލިކީ ބުނެފައިވެއެވެ.

ނަމަވެސް ލިބިފައިވާ ހެކިތަކުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ. އޭނާ ވިދާޅުވެފައިވަނީ ތަހުގީގު ނިމުމުން ލިބިފައިވާ ހެކިތަކުގެ ތަފްސީލާއެކު ރިޕޯޓެއް އާންމުކުރައްވާނެ ކަމަށެވެ.

ސައުދީއަށް ދިން ހަމަލާތަކަކީ އިރާނުން ދިން ހަމަލާތަކެއް ކަމަށް މީގެ ކުރިން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ވިދާޅުވެފައެވެ. އަދި ސީދާ ސައުދީން އެކަމުގެ އިލްޒާމު އީރާނުގެ ބޮލުގައި އެޅުވި ނަމަވެސް އެއީ ދޮގެއް ކަމަށް އިރާނުން ބުނެފައިވެއެވެ. އެކަމާ ގުޅިގެން ސައުދީގެ ތެޔޮ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު ހޫތީން ދަނީ އެހަމަލާތައް ދިނީ އެމީހުން ކަމަށް ބުނަމުންނެވެ.

ޑްރޯން ހަމަލާތަކެްއ ދީފައިވަނީ ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި އަރަމްކޯ އިން ހިންގާ އެންމެ ބޮޑު ދެ ތެޔޮ ކާރުހާނާއަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕަޕެޓް ސައޫދީ

    އެމެރިކާ އާއި އިޒްރޭލް ބޭނުންވަނީ ތިގޮތް. މުސްލިމުން އެމީހުންގެ އެއްބަޔަކު އަނެއްބަަޔަކާއި ހަނގުރާމަކޮއް ސުއްނާފަތިވާން.

  2. ރިހާކުރުކުޑޭ

    އީރާނުންނޯ ؟؟؟ ކީއެއްތަވާނީ އީރާނުންއެފަދަހަމަލާއެއްދިނިއްޔާ ... ؟؟

  3. ދޮން ބަބުރު ސޮރު

    އެކަމަކު އިރާގަށް ހެދިހެން ހަދަން 7 ފަހަރު
    ވިސްނާތި، އިރާން ނިމިގެން ދާއިރު ކަލޯމެންގެ ދުވަސްވެސް ދާނެ، އެކަމަކު އުފާވެރި ޚަބަރެއް އެބަ އޮތް ގުރޭޓާ އިސްރާއީލް ދުވަސް ކޮޅަކަށް ވުޖޫދުވާތަން ވެސް ފެންނާނެ!