ސައުދީގެ ތެޔޮ ކާރުހާނާތަކަށް ނިމިދިޔަ ހަފްތާބަންދުގައި ދިން ހަމަލާތަކުގެ އަޑީގައި ވަނީ އީރާނުން ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރެއްވި ތުހުމަތު އީރާނުން ދޮގުކޮށް އެކަމުގެ އަޑީގައި ވަނީ ޓްރަމްޕު ކަމަށް ތުހުމަތުކޮށްފިއެވެ.

މިކަމާ ގުޅިގެން ސައުދީ އިން ވަނީ އެމެރިކާއިން ދައްކާ ވާހަކަތަކަށް ބާރުދީ އެ ހަމަލާއަކީ އީރާނުން ދީފައިވާ ހަމަލާއެއް ކަމަށް މިހާތަނަށް ކުރެވުނު ތަހުލީލުތަކުން ދައްކާ ކަމަށް ބުނެފައެވެ. އެގޮތުން މި ހަމަލާ ދިނުމަށް ބޭނުންކޮށްފައި ވަނީ އިރާނުގެ ހަތިޔާރުތަކެއް ކަމަށް ސައުދީ އިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އީރާނާ ދެކޮޅަށް އެއްވެސް ހެއްކެއް މިހާތަނަށް ސައުދީއިން ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކާރުހާނާއަށް ދިން ހަމަލާއާއި ގުޅިގެން ދުނިޔޭގެ ތެލުގެ އަގު ވަނީ 20 އިންސައްތައަށް އުފުލިފައެވެ. އެހެން ނަމަވެސް ތެލުގެ އަގު އިތުރަށް އުފުލިޔަ ނުދިނުމަށް ފިޔަވަޅުއަޅަމުން ގެންދާނެ ކަމަށް ޓްރަމްޕް ވަނީ ހާމަކޮށްފައެވެ. އެގޮތުން އެމެރިކާގައި ރައްކޮށްފައި ހުރި ތެޔޮތަށް މާކެޓަށް ނެރުމުން އެކަން މަޑުަޑުން ފޫބެއްދގެންދާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މުޅި ދުނިޔޭގެ އުފައްދާ ތެލުގެ ނިސްބަތުގެ 10 ޕަސެންޓަކީ ސައުދީއިން އުފައްދާ ތެލެވެ. އަދި އެގައުމުގެ ތެލުގެ ދެބައިކުޅަ އެއްބައި އުފައްދަނީ ހަމަލާދިން ތެޔޮ ކާރުހާނާ ތަކުންނެވެ. މި ހަމަލާތަކުގެ ޒިންމާ ވަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ހޫތީއިން ނަގައިފައެވެ. މި ހަމަލާގެ ފަހަތުގައިވަނީ ކޮންބައެއްކަން ހޯދި ކަށަވަރުވުމުން ސައުދީއާއެކު އެމެރިކާއިންވެސް އެ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅަން ނިކުންނާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މި ހަމަލާގެ ފަހަތުގައިވާ ބަޔަކު ހޯދުމުގެ މަސައްކަތް ސައުދީއިން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބާރީ

    ޢެމެރިކާގެ ތެޔޮކޮޅު ބޮޑު އަގުަގަ ވިއްކަން ޖެހިމަޅި ތީ

    8
    1