ލައިބީރިއާގެ ދީނީ ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 27 ކުއްޖަކު ނިޔާވެއްޖެއެވެ.

އެ ގައުމުގެ ފުލުހުން ވިދާޅުވީ، ސްކޫލުގައި އަލިފާން ރޯވިއިިރު، އެ ކުދިން ތިބީ ގުރުއާން ދަސް ކުރަން ކަމަށެވެ.

މި ހާދިޘާ ހިނގާފައި ވަނީ ލައިބީރިއާގެ ވެރިރަށް މޮންރޯވިއާ އާއި ކައިރި ހިސާބެއްގައި އޮތް ކުޑަ އަވަށެއްގައެވެ. މިހާތަނަށް ފުލުހުން ބެލި ބެލުމުން މިކަން ހިނގުމަށް މެދުވެރި ވެފައި ވަނީ ކަރަންޓު ޝޯޓެއް ވެގެންކަން ވަނީ ސާފުވެފައެވެ. ނަމަވެސް ފުލުހުން ދަނީ މިކަން އަދި އިތުރަށް ބަލަމުންނެވެ.

މީގެ ކުރިން ބެލެވުނު ގޮތުގައި މި އަލިފާނުގައި ޖުމްލަ 30 ކުދިން ނިޔާވިއެވެ. ނަމަވެސް، އެތަނުން ބައެއް ކުދިންނަށް ވަނީ ސީރިއަސް ހާލަތުގައި އޮއްވައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

ނިޔާވި 27 ކުދިންގެ ތެރޭގައި އެ ކުދިންނަށް ކިޔަވައިދިން ދެ ޓީޗަރަކުވެސް ހިމެނެއެވެ.

އަލިފާނުގެ ހާދިޘާ ހިނގުމާއި ގުޅިގެން އެ އިމާރާތުގެ ފުރާޅުވެސް އެއްކޮށް އަނދާފައި ވާއިރު، ކުދިންގެ ބެލެނިވެރިންނާއި އާއިލާގެ މީހުން ވަނީ އެތާ ކައިރިއަށް ޖަމާވެ އަލިފާންގަނޑު ނިއްވަން މަސައްކަތް ކޮށްފައެވެ. މިކަމާއި ގުޅިގެން ލައިބީރިއާގެ ރައީސް، ޖޯޖް ވެއަހް ވިދާޅުވީ، މިއީ ނިޔާވި ކުދިންގެ އާއިލާ ތަކަށާއި މުޅި ލައިބީރިއާ އަށް ވަރަށް ހިތާމަވެރި ދަނޑިވަޅެއް ކަމަށާއި އެމީހުންގެ ހިތާމާގައި ބައިވެރިވާ ކަމަށެވެ.

ނިޔާވި ކުދިންގެ ޖަނާޒާ މިއަދު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، ޖަނާޒާގައި އެ ގައުމުގެ ރައީސް ވެސް ބައިވެރިވާނޭ ކަމަށް މީޑިއަ ރިޕޯޓްތައް ބުނެއެވެ.

"އަހަރެން ހޭލީ މީހުން ހަޅޭލާ އަޑައް. ދެން އަވަހަށް މީހުންނަށް ގޮވައި އެތަނަށް ވަދެވޭތޯ ވެސް ބެލިން. އެކަމަކު އެންމެ ދޮރެއް އެތާ ހުރީ. އެތަންވެސް ހުރީ ބެދިފައި" ހެނދުނު ގަޑީގައި މި ހާދިޘާ ހިނގިއިރު ނިދާފައި އޮވެ ތެދުވި މީހަކު ބުނެފައި ވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލިފާނުގެ ހާދިޘާގައި ނިޔާވި ކުދިންގެ އުމުރަކީ 10 އަހަރާއި 20 އަހަރާއި ދެމެދެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  ކޮންމެވެސް .ކަމެއް .ތީގަ .އުޅުމަކީ.ދުރުކަމެއް.ނޫން.
  ނިއުޒިލޭންގެ .ހާދިސާ.ވެސް.ހިންގާފަ.އޮތީމަ.
  ރަނގަޅަށް .ތަހިގީގު.ކޮށްލަބަލަ.ސޫދު.ކޮމިޝަން.ފޮނުވައިގެން

  11
  2
 2. Anonymous

  މަރުވި ކުދިންނައް ސުވަރގޭގެ ނިއްމަތް ދެއްވާންދޭ

  57
  3
 3. ޙަފުސާ/މާލެ

  ???

  2
  39
  • ފާތުމަ

   ހަފުސާ މީ ހާދަ ގޮތްކުޑަ އިންސާނެކޭ.

   ތިމާ މީހާގެ މުޅި އާއިލާ އެގޮތަށް ނެތި ދިޔައިމަވެސް ހަމަ ތިޔަ ޖަހާ ނުބައި ހާމާނުގެ ހިނިގަނޑު ހަފުސާ ޖަހާނަންތަ. އެދުވަހަކުން ކަލޭ ކުރިމަތީގައި އެހެން މީހަކު އިނދެގެން ތިޔަހެން ހިނިގަނޑު ޖެހީމަ ކަލޭގާތަށް ރުޅިއެއް ނާންނާނެތަ؟
   މުސްލިމުންތަކެއް ނިޔާވެގެން ދިޔައިމަ ހޭނީ ހަމަ ސީދާ އަބޫޖަހުލުން.

   26
   1
 4. Hussain Shareef

  ނިޔާވި ކުދިންތެރޭގައި ދެ ޓީޗަރުން ހިމެނޭ ވާހަކައޮތް އެ ދެޓީޗަރުންނަކީ ކުދިންތަ

  7
  1
 5. ކޮބާ ޒައިދު

  މި ކުދިން ވާނީ ޝަހީދުންނަށް. އެހެން ބުނެލަން ނުކެރިފައިތޯ ތިހުންނެވީ