އިއްޔެގެ ހުކުރު ވަގުތު، ހުކުރު ނަމާދަށް މީހުން ތިއްބައި އަފްޢާނިސްތާނުގެ ނަންގަހާރު ޕްރޮވިންސްގެ މިސްކިތަކަށް ދިން ހަމަލާތަކަކީ އައިސް އިން ދިން ހަމަލާތަކެއް ކަމަށް ތާލިބާނުން ބުނެފިއެވެ.

އެހަމަލާގައި 60 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އެ ހަމަލާ، ނިރުބަވެރި ތާލިބާނުން ކުށްވެރިކޮށްފައިވާއިރު، މި ހަމަލާގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތް -އައިސިސް ކަމަށްވެސް ތޯލިބާނުންވަނީ ބުނެފައެވެ.

އެހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނަގާފައިނުވާއިރު މިދިޔަ ތިން މަސްދުވަހުގެ މުއްދަތުގައި އަފްޣާނިސްތާނުގެ ތާރީހު ނުދެކޭހާ ގިނަ އަދަދަކަށް އާންމުންގެ ރައްޔިތުންގެ ފުރާނަ ގެއްލި، އެކި ކަހަލަ ޒަހަމްތައް ތަހައްމަލު ކުރަން ޖެހުނު ކަމަށް އދ. އިން ވަނީ ބުނެފައެވެ.

މި ހަމަލާތައް ދީފައިވަނީ އަފްޢާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަލައިނުގަނެވޭ ދަރަޖައަކަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ޤައުމުތަކުގެ ސުލްހަ ބަލަހައްޓާ ޖަމިއްޔާ، އދ. އިން އިއްޔެ ބުނެފައިވަނިކޮށެވެ. އދ. އިން އަފްޢާނިސްތާނުގައި ހިނގާ މިފަދަ ކަންތައްތަކުގެ ތުހުމަތު ބޮޑަށް އަޅުވާފައިވަނީ އެޤައުމުގައި ޙަރަކާތްތެރިވާ، އެޤައުމުގެ ސަރުކާރާ ދެކޮޅު، ހަނގުރާމަވެރި ޖަމިއްޔާތައް ކަމަށްވާ ތާލިބާން އާއި އައިއެސް އަށެވެ.