ޗިލީގައި މިހާރު ކުރިއަށްދާ މުޒާހަރާގައި ސުޕާމާކެއްޓެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ތިން މީހަކު މަރުވެއްޖެއެވެ.

ބީބީސީން އިން ވަނީ އަލިފާނުގެ ހާދިސާގައި މިހާރު 3 މީހަކު މަރުވެފައިވާ ކަމަށް ކަށަވަރު ކޮށްދީފައެވެ. އެގޮތުން ބީބީސީން ބުނެފައިވަނީ އަލިފާނުގެހާދިސާގައި އެތަނަށް 2 މީހަކު މަރުވެފައިވާ ކަމަށާއި އެނެކަކު މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ޗިލީގައި މިހާރު މުޒާހަރާ ކުރިއަށް ދަމުން އަންނާތީ އެ ގައުމަށްވަނީ ކުއްލިހާތަކު އިއުލާނު ކޮށް ފުލުހުންނާއި ސިފައިން ހަތިޔާރާއި އެކު ނުކުމެފައެވެ. އެގޮތުންއެގައުމަށް ވަނީ 15 ދުވަހަށް ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެގައުމުގައި އާއްމުންގެ މީހުން މުޒާހަރާ ކުރަމުން އަންނަނީއެމީހުންގެ ބޭސް ފަރުވާ އާއި ކިޔެވުމާއި އިތުރު ހިދުމަތްތައް އަގު ބޮޑުވެގެންނެވެ.

މި ހަމަ ނުޖެހުމުގެ ތެރޭގައި މިހާތަނަށް ފުލުހުން ވަނީ 300 އަށްވުރެ ގިނަ އާންމުންގެ މީހުން ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން 156 ފުލުހަކަށް އެކިވަރުގެއަނިޔާވެފައިވާ ކަމަށް ބީބީސީ އިން ބުނެފައިވެއެވެ.

ޗިލީގެ ގާނުނު ބުނާގޮތުން މުޒާހަރާގައި ހައްޔަރު ކޮށް އެއްޗިއްސައް ގެއްލުންދީ، ކުއް ސާބިތުވެއްޖެނަމަ އެމީހަކަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޗިލީގެ ނޫހެއް ކަމަށްވާ އެލް މާކުއިރިއޯ އިން ބުނެފައިވަނީ މުޒާހަރާ މީހުން މިހާރު އެގައުމުގެ އެކި ރަށްތަކުގައި މުޒާހަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުންކޮންސެޕްސިއަން، ރަންކަގުއާ، ޕުންޓާ އެރެނަސް ، ޓަލްކާގެ އިތުރުންވެސް އެކި ތަންތަނުގައި މުޒާހަރާކުރަމުން އަންނަ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

ސިފައިން މިހާރު ހަތިޔާރާއިއެކު މަގުމައްޗަށް ނިކުމެފައިވަނީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެގޮތުން އެ ދެބާރު ގުޅިގެން ވަނީ އެކި މަގުތަށްބަންދުކޮށް މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު