އަލްޖީރިއާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

މި ބޯޓު ވެއްޓިފައި ވަނީ އަލްޖީރިއާގެ ވެރިރަށް އަލްޖިއާޒް ކައިރީ އޮންނަ ބޯފާރިކް އެއާޕޯޓުން ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މި ބޯޓުގައި 200 އަށް ވުރެ ގިނަ މީހުން ތިބި ކަމަށްވާއިރު މި ހާދިސާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބޯޓުގައި ގިނައިން ތިބީ އަލްޖީރިއާގެ އަސްކަރިއްޔާ އަށް ނިސްބަތްވާ މީހުންނެވެ.

މިއީ 2003 ވަނަ އަހަރަށްފަހު އަލްޖީރިއާގައި ހިނގި މިފދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. 2003 ވަނަ އަހަރު އަލްޖީރިއާގައި ހިނގި މިފަދަ ހާދިސާއެއްގައި 102 މީހުން ވަނީ މަރުވެފައެވެ.

އަސްކަރިއްޔާގެ މި މަތިންދާބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި އެނގިފައި ނުވާއިރު މިކަން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު