ކަޝްމީރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާއި އިންޑިޔާގެ ސިފައިންނާ ދެމެދު ހިނގި ބަޑީގެ ވަރުގަދަ ކުރިމަތިލުންތަކެއްގެ ސަބަބުން އެސަރަޙައްދުގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފިއެވެ.
މި މުޒާހަރާތައް ކޮށްފައިވަނީ ބަޑީގެ ހަމަލާތަކުގައި ހަނގުރާމަވެރިންގެ ތެރެއިން ބައެއް ފަރާތްތައް މަރުވެފައިވާކަމުގެ އަޑު ފެތުރުމުންކަމަށް ނޫސް ރިޕޯޓުތައް ބުނެއެވެ.
ކަޝްމީރު ސަރަޙައްދުގެ ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް، ސްވަޔަމް ޕްރަކާޝް ޕާނީ، "އަލް ޖަޒީރާ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ސިފައިންނާއި ހަނގުރާމަވެރިންގެ ކުރިމަތިލުންތަކުގައި ސިފައިންގެ އެކަކާއި އާއްމުންގެ ތެރެއިން ބައެއް މީހުންވެސް މަރުވެފައިވާކަމަށެވެ.
މި ހަމަލާތައް ބަދަލުކުރަން ފަށާފައިވަނީ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތުގައި ކަޝްމީރުގެ ކުލްގަމު އަވަށުގައިކަމަށްވެސް އިންސްޕެކްޓަރ ޖެނެރަލް ބުނެފައިވެއެވެ.
ހަނގުރާމަވެރިން ހިމާޔަތްކޮށް، އެމީހުން ފިލުމަށް ފުރުސަތު ދިނުމަށް އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންދާއިރު، މުޒާހަރާގެ ބައިވެރިންނާއި އިންޑިޔާގެ ސަލާމަތީ ބާރުތަކުގެ މެދުގައިވެސް ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. އެގޮތުން، މުޒާހަރާތަކުގައި ގިނަ އަދަދަކަށް ކަރުނަ ގޭސްވެސް ބޭނުންކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ކަޝްމީރުގެ އަނަންތަންގު އަވަށުގެ އިސް ޑޮކްޓަރަކު ބުނެފައިވާގޮތުގައި މުޒާހަރާތަކުގައި 60 މީހުންނަށް ޒަހަމްވެގެން އެސަރަޙައްދުގެ ހޮސްޕިޓަލުތަކަށް ގެންގޮސްފައިވެއެވެ. އަދި، އެއް ބައިވެރިއެއްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައިފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އިއްޔެ ކުރި މި މުޒާހަރާތަކުގެ ސަބަބުން ކަޝްމީރުގެ ސްކޫލުތައްވެސް ވަނީ ބަންދުކޮށްފައެވެ.
ކަޝްމީރުގެ ގިނަ އާއްމުންނާއި އިންޑިޔާގެ ސަރުކާރާ ދެމެދު ދެބަސްވުންތަކާއި ނުތަނަވަސްކަމެއް އުފެދިފައިވާއިރު، އިންޑިޔާއިން މުޒާހަރާތަކުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާކަމުގެ ޝަކުވާވެސް އެތައް ބަޔަކު ދަނީ ކުރަމުންނެވެ.
ކޮން ނުބައްދަލު ބާރެއްތަ މުޒާހަރާތެރެއަށް އެސިޑު ނޫނީ ކެމިކަލް ހަމަލާއެއް ދޭންވީ އަލިފާނާ ތެޅޭނީ އަލިފާނުން ހަމަ މި ބައިގަނޑުގެ ނޮހޮރޮއްޕާން ނުޖެހޭ ގައުމެއް ނެތޭ ދުނިޔޭގަ