ސްރީލަންކާގައި އިއްޔެ އޮތް ރިޔާސީ އިންތިޚާބު ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮޓަބަޔާ ރާޖަޕަކްސަ ކާމިޔާބު ކުރައްވައިފިއެވެ.

ގޮޓަބަޔާ މިއަދު ހެނދުނު އިންތިޚާބުގެ ކާމިޔާބީ އިއުލާން ކުރެއްވިތާ ދެގަޑިއެއްހާއިރު ފަހުން އޭނާ އާއި އެންމެ ގާތުން ވާދަކުރެއްވި ސަޖިތު ޕްރަމަދޭސާ ވަނީ ނާކާމިޔާބު ގަބޫލު ކުރައްވާކަން އިއުލާން ކުރައްވާފައެވެ.

އިންތިޚާބުން ބަލިވުމުން ސަޖިތު ވަނީ ޔޫއެންޕީގެ ޑެޕިއުޓީ ލީޑަރުކަމުން މިއަދު އިސްތިއުފާ ދެއްވާފައެވެ.

ސަޖިތު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރައްވާ ކަމަށާއި ގޮޓަބަޔާ އަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

ގޮޓަބަޔާ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް މުސްލިމުންނާއި ތަމަޅައިންގެ އާބާދީ ބޮޑު ސަރަހައްދުތައް ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ސަޖިތު އެވެ. އަދި ވެރިރަށް ކޮލަމްބޯގެ ގިނަ ސަރަހައްދުތަކަކުން ވެސް ކުރި ހޯއްދެވީ ސަޖިތު އެވެ.

ނަމަވެސް ކެންޑީ އާއި މޮނަރަގަލާ ފަދަ ބޮޑެތި ސިޓީ ތަކުން ގޮޓަބަޔާ ހޯއްދެވި ކާމިޔާބީގެ މައްޗަށް ކުރި ހޯއްދެވޭ ގޮތެއް ސަޖިތަކަށް ނުވިއެވެ.

މިހާތަނަށް ސާފުވެފައިވާ ނަތީޖާ އަށް ބަލާއިރު ގޮޓަބަޔާ ވަނީ 51.15 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. ސަޖިތު އަށް ކާމިޔާބު ކުރެއްވުނީ 43 އިންސައްތައެވެ.

ލަންކާގެ ގާތްގަނޑަކަށް 26 އަހަރަށް ދިގު ދެމިގެން ދިޔަ އަހުލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައިއިރު ޑިފެންސް ސެކްރެޓަރީ އަކީ ގޮޓަބަޔާ އެވެ. އިއްޔެ އޮތް އިންތިޚާބުގައި ތަމަޅައިގެން ތާއީދު ގޮޓަބަޔާ އަށް ކުޑަވެފައި އޮތީ ވެސް ހަނގުރާމައިގެ އެންމެ ފަހު މަރުހަލާގައި އިންސާނީ ހައްޤުތަކާއި ހިލާފު އެތައް އަމަލެއް ހިންގުމުގެ މޭސްތިރިޔަކީ ގޮޓަބަޔާ ކަމަށް ތުހުމަތު ކުރެވިފައި ވާތީއެވެ.

ގޮޓަބަޔާ އިންތިޚާބު ކާމިޔާބު ކުރުމުން މުސްލިމުންނާއި ދެކޮޅަށް ހަރުކަށި ބުޑިސްޓުންގެ ހަމަލާތަކެއް އަމާޒުވެދާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ. ރާޖަޕަކްސަ އާއި ގޮޓަބަޔާ އަކީ ހަރުކަށި ބުޑިސްޓުންގެ ބޮޑު ތާއީދެއް އޮތް ދެބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮޔަ ހަސަނު

    ސިރިސޭނާ ވެރިކަމުގަ ހުރިއިރުވެސް މުސްލިމުން ތަޅާ ސުންނާފަތިކުރި! އެހެންވީމަ ރާޖަޕަކްސާގެ ވާހަކަ ދައްކާނެކަމެއްނެއްތާދޯ؟

    35
  2. ިޮފަލިނަރަ

    މީނަ ގަދަވަަނެ ހެން ހިވަނީ

    14
  3. މަސީހު

    ނިމިދިޔަ 5 އަހަރު އިންޑިޔާއިން ވަނީ ލަން ކާގެ އިގްތިސޯދީ ދުވެލި ހުއްޓުވާފަ ގޯތާބޭގެ ޒައާމަތުގަ އަލުން ރާޖަޕަ ކްސަގެ ދައުރުގަ ދިޔަހެން ކުރިއަރާ ދާނެ ކަމީ ސައް ކެއް އޮތްކ ކަމެއްނޫން.

    22
  4. ޝައްފަ

    ދިވެހިން ނަށް ރާޖަޕަކްސަ ގެ އާއިލާ އަކީ ވަރަށް ރަނގަޅު ބައެއް. މި ސަރުކާރުން ބެލީ ދިވެހިންނަށް އުނދަގޫ ކޮށް ޖެއްސުން ކުރެވޭތޯ. ނަމަވެސް ރާޖަޕަލްސަ ސަރުކާރުގައި ދިވެހިންނަށް ގަދަރު ކުރި. އެއާރޕޯޓުން 3 މަސް ވިސާ ޖަހާދިން. މިސަރުކާރުން ޖަހާދެނީ އެންމެ މަހެއް. އަނެއްދެމަސް ޖަހާދެނީ އަނެއްކާ ގޮސްގެން. ރާޖަޕަކްސަ ބަލާލީމާ ވެސް ޖަހާ ދިވެހިންނަށް ކުލުނު ހުންނަ ފާޑު.