އިންޑިޔާގެ އަވަށެއް ކަމަށްވާ ކަނާކީ ޕުރީގައި ސުކޫލު ބަހެއްގައި ދަށުވެ، 14 އަހަރުގެ ކުއްޖަކު މަރުވެ، 10 އަހަރުގެ ކުއްޖަކަށް އަނިޔާ ވެއްޖެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މިދެކުދިންގައިގައި ބަހުން ޖައްސާލާފައިވަނީ އެކުދިން އެއަވަށުގައި ހުންނަ ސުކޫލެއް ކަމަށްވާ ބުރިޓިން ސުކޫލުގެ ބޭރުގައި ކުޅެން ތިއްބާ ކަމަށެވެ. އަދި މިހާރު އެބަސް ދުއްވަން އިން މީހާވަނީ ހައްޔަރުކޮށްފައިކަމަށެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާާގޮގޮތުގައި މު ކުއްޖާގައިގައި އެ ބަސް ޖައްސާލާފައިވަނީ ކޮންޓުރެކްޓްގެ ދަށުން ދުއްވަން ބަސް އެހެން މީހަކާ ހަވާލުކޮށްފައިވަނިކޮށް ކަމަށެވެ. އަދި މިއީ ސުކޫލުން ޒިންމާ ވާންޖެހޭ ކަމެއް ނޫންކަމަށްވެސް ސުކޫލްއިން ބުނެފައިވާކަމަށްވެސް އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

މަރުވެފައިވަނީ 14 އަހަރުގެ ރާހުލް ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ، އަދި މި އެކްސިޓެންޓްގައި އަނިޔާވެފައިވަނީ އޭނާގެ ކޮއްކޮއެވެ. އަދި މިހާރު ކޮއްކޮގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ހޮސްޕިޓަލްއިން ބުނެއެވެ. އެހެންނަމަވެސް ރާހުލްގެ ކޮއްކޮއަށްވަނީ ބޮޑަތި އަނިޔާތަކެއް ލިބިފައެވެ.

މި އެކްސިޑެންޓް ހިގާފައިވަނީ ރާހުލްއާއި އޭނާގެ އާއިލާާގެ މީހުން ކޭޕްއަކަށް ގޮސްގެން އުޅެނިކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު