އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެރޮލައިނާގައި ހުރި ސަލާމަތީ ކަންކަން އެންމެ ވަރުގަދަ އެއް ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެ 17 މީހުން ޒަޚަމް ވެއްޖެއެވެ.

މިއީ އެމެރިކާގެ ފުރި ބާރުވެފައި ހުރި ޖަލެއްގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހަމަނުޖެހުމެވެ. މި ޖަލަކީ 1800 ގައިދީންގެ ޖާގައިގައި ހަދާފައިވާ ޖަލެކެވެ.

ހަމަނުޖެހުންތައް ހިނގާފައިވަނީ ޤައިދީންގެ މެދުގައެވެ. އިއްޔެ ހެނދުނު ފެށުނު ހަމަނުޖެހުންތައް ކޮންޓްރޯލްކުރެވިފައިވަނީ އެމެރިކާ ގަޑިން މިއަދު މެންދުރުފަހު 2:30 ހައިއިރުއެވެ.

މިހާދިސާގައި ޖަލު ބަލަހައްޓާ އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އެމެރިކާގެ ޖަލުތަކަކީ ގައިދީނަށް އަނިޔާ ކުރާ ތަންތަން ކަމަށް ތުހުމަތު އަބަދުވެސް ކުރެވޭއިރު އެގައުމުގެ ޖަލުތަކުގައި އާންމު ގޮތެއްގައި ޖާގަ އަށް ވުރެ ދެގުނަ ގިނައިން މީހުން ބަންދުކޮށްފައި ތިބެއެވެ. އެއީ ޖަލުގެ ޖާގަ އަށް ވުރެ ކުށްވެރިން އިންތިހާއަށް އިތުރު ވެފައި ވާތީއެވެ.

"ސެންޓެންސް ޕްރޮޖެކްޓް" ގައި ވާ ގޮތުން އެމެރިކާގެ 2.2 މިލިޔަން މީހުން ޖަލުގައި ޙުކުމް ތަންފިޒު ކުރަމުން ދާއިރު އޭގެތެރެއިން 91 އިންސައްތަ ކުށްވެރިންނަކީ ޒުވާނުންނެވެ.

އަދި މީގެ ތެރެއެން 61 އިންސައްތަ ކުށްވެރިންނަކީ ފިރިހެނުންނަށް ވާއިރު 858000 މީހުންނަކީ ކަޅު ނަސްލުގެ މީހުންނެވެ. އަދި 464000 މީހުންނަކީ ދޮން ނަސްލަށް ނިސްބަތް ވާ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ 40 އަހަރުން ދަށުގެ މީހުންނެވެ. އަދި އެމީހުންނަކީ ތަޢުލީމީ ފެންވަރު ދަށް ބައެއްކަމުގައި ވެސް ރިޕޯޓްގައި ވެއެވެ.

އަދި ޖަލުގައިވާ ފަސް މިލިޔަން ކުޑަކުދިން ތިބި އިރު އޭގެ ތެރެއިން 503000 ކުދިންނަކީ ކެލިފޯނިޔާއަށް ނިސްބަތްވާ ކުދިންނެވެ. ބާކީ ތިބި ކުދިންގެ ތެރެއިން 477000 ކުދިން ޓެކްސަސްގައި ތިބި އިރު ފްލޮރިޑާގައި 312000 ކުދިން އެބަތިއްބެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާމިނަތު

    އެހެން ގައުމެއްގައިވީކަމެއްނަމަ ހުންނާނެ ފޯރި ތި އެމއރިކާމީހުން