ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އަކީ ގައިން ގަޔަށް އަރާ ބައްޔެއްކަން ފާހަގވި ހިސާބުން ފެށިގެން ދުނިޔޭގެ އެކި ގައުމުތަކުން، ޗައިނާއިން އެ ގައުމުތަކަށް ދާ މީހުން ސްކްރީން ކުރަން ފަށައިފިއެވެ.

ސްކައި ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި އެއާޕޯޓުތަކުގައި މިހާރު ވަނީ މީހާގެ ފިނިހޫނުމިން ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މިކަން މިގޮތަށް ކޮށްފައިވަނީ ޗައިނާގެ އާ އަހަރާ ދިމާކޮށް އެގައުމުގެ ގިނަ ބަޔަކު އެހެން ގައުމުތަކަށް ދާނެ ކަމަށް ބެލެވޭތީއެވެ. އަދި ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ޗުއްޓީ ހޭދަކުރުމަށް ގިނަ ބަޔަކު އެގައުމުން ބޭރަށް ދާކަން ފާހަގަކުރެވެއެވެ.

ޗައިނާގެ ރައީސް ވިދާޅުވެފައިވަނީ މިހާތަނަށް އެބަލި ޖެހިގެން 217 މީހަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެެ. އަދި އެ ބަލީގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާއިރު ތައިލެންޑާއި ޖަޕާން އަދި ސައުތް ކޮރެއާއިންވެސް މި ބަލި ވަނީ މިހާރު ފެނިފައެވެ.

އަލަށް ފެނިގެން އުޅޭ ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ ބިރުވެރިކަން އިތުރުވެފައި ވަނީ މި ވައިރަސް އަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަން ޗައިނާ އިން މިއަދު ކަށަވަރު ކޮށްދިނުމުންނެވެ.

ޗައިނާ އިން މިހާރު ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ކެބިނެޓް މިނިސްޓަރުން ހިމެނޭ ނޭޝަނަލް ހެލްތު ކޮމިޝަންގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ޗައިނާ ގެ ނިކަމެތިމުސްލިމުން އަނިޔާދީ ގެން މަރަމުން ގެންދާ ގެންދިއުން އެކިއެކިޖިސްމާނީއަނިޔާތަށް ދިނުންހުއްޓާލާ އޭރުން ތިމުސީބާތުން ސަލާމަތްވާނެ ހުރިބާރާ އާރެއް ލިބިވޮޑި ގެންވަނީ ހާލި ގުވަންތަﷲ އިންސާނާ ގެ އެއްވެސްބާރެއްނެތް