އިސްރާއީލްގެ ވެރިރަށް ތެލްއަވީވްގައި އޮތް މުސްލިމުންގެ ގަބުރުސްތާނެއްގައި ގެދޮރު އަޅަން އިސްރާއީލްގެ ކޯޓަކުން ހުއްދަ ދީފިއެވެ.

މުސްލިމުން ވަޅުލާފައި އޮތް ގަބުރުސްތާނެއްގައި ގެދޮރު އަޅަން ތެލްއަވީވްގެ މުނިސިޕަލް ކައުންސިލް އިން ނިންމުމަށް އެމައްސަލަ ކޯޓަށް ހުށަހެޅީ ތެލްއަވީވްފެ އިސްލާމިކް ކައުންސިލުންނެވެ. ނަމަވެސް ކޯޓުން ނިންމީ މުސްލިމުންގެ ގަބުރުސްތާނުގައި ތެލްއަވީވްގެ މުނިސިޕަލް ކައުންސިލުން ބޭނުންވާ ގޮތައް، ބޭނުންވާ އަދަދަކަށް ގެދޮރު އެޅޭނެ ކަމަށެވެ.

އިސްލާމިކް ކައުންސިލްގެ ޤާނޫނީ ވަކީލް މުހައްމަދު އަދްރީ ވިދާޅުވީ ކޯޓުގެ ނިންމުމަކީ އިސްރާއީލްގެ ޤާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި ހިލާފު ނިންމުމެއް ކަމަށެވެ. އަދި މިއި އިސްރާއީލުން ވެރިވެގެން ތިބި ބިމުން މުސްލިމުންގެ ހުރިހާ ހަނދާންތަކެއް ފޮހެލުމުން ހިންގަމުން ގެންދާ ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ތެލްއަވީވްގެ މުނިސިޕަލް ކައުންސިލުން ނިންމާފައި ވަނީ ގަބުރުސްތާނުގައި ބޮޑު އެއް އިމާރާތް އަޅާށެވެ. އެއީ ގެދޮރުނެތް މީހުންނަށް ހިޔާވަހިކަން ދިނުމަށް އަޅާ އިމާރާތެކެވެ. އެއިމާރާތުގައި ޝޮޕިން ސެންޓަރެއް ވެސް ހުންނާނެ ކަމަށް މުނިސިޕަލް ކައުންސިލުން ވަނީ ބުނެފައެވެ.

މި ގަބުރުސްތާނުގައި 60 އަށް ވުރެ ގިނަ މީހުން ވަޅުލާފައި ވެއެވެ. މި ގަބުރުސްތާނުގައި މީހުން ވަޅުލާފައި ވަނީ 18 ވަނަ ގަރުނުގެ ތެރޭގައެވެ.

ގަބުރުސްތާނުގައި އިމާރާތެއް ކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރު އެވެ. ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅުމުން މަސައްކަތް މެދުކަނޑާލަން އޮތީ ވަގުތީ އަމުރެއް ނެެރެފައެވެ. ނަމަވެސް މިހާރު ކޯޓުން ވަނީ އަލުން މަސައްކަތް ފެށުމުގެ ހުއްދަ ދީފައެވެ.

އިސްލާމިކް ކައުންސިލުން ވަނީ މިމައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަންމަ

    އިސްރާއީލާ އީރާނުގެ ހިޒްބުﷲ 2006 ވަނަ އަހަރު ކުރި ހަނގުރާމަ އަށް ވުރެ ވަރުގަދަ ނާމާން ހަނގުރާމަ އެއް އަދި އިސްރާއީލާ ކުރިމަތި ކުރައްވާންދޭވެ. އާމީން..

    27