ސައުދީ އަރަބިއްޔާ އިންވެސް ކޮރޯނާވައިރަސް ފެނިއްޖެއެވެ.

ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ މި ވައިރަސް ސައުދީ އިން ފެނިފައި ވަނީ އެ ގައުމުގައި މަސައްކަތް ކުރަމުން އަންނަ ނަރުހެއްގެ ގައިންނެވެ.

އިންޑީއާގެ ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާސް އިން ބުނީ ސައުދީގެ އަލްހަޔަތު ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިއާގެ 100 ނަރުހުން ޓެސްޓު ކުރިއިރު އެތަނުން އެކަކު ކޮރޯނާވައިރަސް އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުގެ އެންމެން މި ވައިރަސް އަށް ޓެސްޓު ކުރި ސަބަބު އަދި ހާމަކޮށްފައި ނުވާއިރު ސައުދީ އިން މިކަމާއި ބެހޭގޮތުން އެއްވެސް އެއްޗެއްވެސް ބުނެފައެއް ނުވެއެވެ.

އިންޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި ވައިރަސް އަށް ޕޮސިޓިވް ވި މީހާ އަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

ސައުދީ އިން ވަނީ މީގެ ކުރިން އެ ގައުމަށް އެތެރެވާ ޗައިނާގެ ފަތުރުވެރިން ސްކްރީން ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

ޗައިނާ އިން އެހެން ގައުމުތަކަށް މި ވައިރަސް މިހާރު ފެތުރެން ފަށާފައި ވާއިރު އެ ގައުމުގެ ބޮޑު 3 ސިޓީއެއްގައި ވަނީ ދަތުރުފަތުރު މަނާކޮށް، ވައިރަސް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ފަށާފައިކަން ފާހަގަކޮށްލެވެއެވެ.

މި ވައިރަސް ޖެހިގެން ޗައިނާ އިން މިހައިތަނަށް 17 މީހަކު މަރުވެފައި ވާއިރު 600 އަށް ވުރެން ގިނަ މީހުން ވަނީ ވައިރަސް އަށް ޕޮސިޓިވް ވެފައެވެ. ނަމަވެސް ސައިންސްވެރިން ލަފާކޮށްފައިވާ ގޮތުގައި ޗައިނާގައި އެކަނިވެސް މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 4000ށް ވުރެން އިތުރުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަގުދީރު

    މާތްﷲ ނުރައްކާތެރި ވައިރަސް ތަކުން އަޅަ މެންސަލާ މަތް ކުރައްވާށި..ކިތަން މެ ނުރައްކަތެރި ވައިރަހެއް ވެސް ނުފެތުރޭނެ 2 ސިޓީ އެއް ދުނިޔޭގައި އޮވޭ މައްކާ އާއި މަދީނާގައި އެއްވެސް ނުރައްކާތެރި ބަލިމަޑުކަ މެއް ފެތުރު މުގެ އިރާދައެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ދެ ތަނުގައި ނުލައްވާނެ..

    32
    1
  2. މާމިގިލީ މީހާ

    ދެން އުމުރާއަށް ވެސް ނުދެވުނީ އެއް ނޮއް. މިހާރު ޗައިނާ ރޯގާ ރާއްޖޭގަ ވެސް އުޅިދާނެ. ޗައިނާ މީހުން ރާއްޖެ އައުން މަނާކުރާން ޖެހޭ.

    8
    1