ތުރުކީއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެންމެ ތުރުކީގެ އެލަޒިކް ޕްރޮވިންސަށް ވަނީ 5.1 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. ރޭ ވެސް ތުރުކީ އަށް ވަނީ 6.8 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައެވެ. އެބިންހެލުމުގައި 22 މީހުން މަރުވެ ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ.

އިއްޔެ އައި ބިންހެލުމުގައި ވަނީ 1000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ވެފައެވެ.

މިރޭ އައި ބިންހެލުމުގެ އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ.

ތުރުކީއަކީ މީގެ ކުރިން ވެސް ބާރުގަދަ ބިންހެލުންތަކެއް އައިސްފައިވާ ގައުމެކެވެ. އެންމެ ފަހުން އެގައުމަށް އައި ބާރުގަދަ ބިންހެލުމުގައި 2011 ވަނަ އަހަރު 500 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. 1999 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމެއް 17000 އަށް ވުރެ ގިނަ މީހުން މަރުވެ ބައި މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ.

ކިޔުންތެރިންގެ ހިޔާލު