ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ ބަޔަކު އަވައްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އިން ފެނިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ ދެމީހަކު ވަނީ ކޮލަމްބޯ އިން ފެނިފައެވެ. އޭގެ ތެރެއިން އެކަކީ ޗައިނާ އަންހެނެކެވެ. ދެވަނަ މީހަކީ ކޮން ގައުމެއްގެ މީހެއްކަން އަދި ކަށަވަރެއް ނުވެއެވެ.

ސްރީލަންކާގެ ނޫސްވެރިޔާ އައްޒާމް އަމީން ކުރި ޓްވީޓެއްގައި ބުނީ ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ ކަމަށް ލަފާކުރެވޭ ދެމީހަކަށް ކޮލަމްބޯގައި ހުންނަ އިންފެކްޝސް ޑިޒީސް ހޮސްޕިޓަލް ގައި ފަރުވާ ދެމުންދާ ކަމަށެވެ. ދެމީހުންގެ ގައިން ނަގާފައިވާ ސާމްޕަލް މިހާރު މެޑިކަލް އިންސްޓިއުޓް އަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީން ބުނީ ސްރީލަންކާއަށް އެތެރެވާ މީހުން ކޮރޯނާވައިރަސް އަށް ސްކްރީން ކުރުމުގެ މަސައްކަތް ބަންޑާނައިކަ އެއާޕޯޓްގައި ކުރިއަށްދާ ކަމަށެވެ.

ސްރީލަންކާ އިން ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ ބަޔަކު ފެނިފައި ވާއިރު އަވައްޓެރި އިންޑިއާ އިން ވެސް ވަނީ ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ ބައެއް މީހުންގެ ޓެސްޓްތައް ހަދަމުންނެވެ.

އަދި މިހާތަނަށް ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކޮރޯނާވައިރަސް ޖެހިފައި ހުރިކަން ކަށަވަރުވާ މީހަކު ފެނުނީ ނޭޕާލް އިން އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙޭހޭ

    ކޮލޮމްބޯގައިވެސް ބޮޑުރަށެއްގެ ދިވެހިރައްޔިތުން ދިރިއުޅޭކަން ހަދާންވަނީ ވޯޓަކާ ޖެހުނީމަތަ؟

    11
    2
    • ނަސްރާމުނީރު

      މިހާރު ކިހިނެެއްހަދާދޭންވީ؟؟ ދިވެހިންނަށް ހޮސްޕިޓަލުތަކާ ސްޮކޫލުތަކާ ފުލެޓްތައް އެތާ އަޅާދޭނވީތަ؟

      3
      1