މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

23:13

23:04

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 82 އަށް އަރައިފި.

21:55

ލަންކާ އިން ކޮރޯނާވައިރަސް އަށް މިއަދު ޕޮޒިޓިވްވި އަންހެން މީހާ އަކީ އިއްޔެ ޓެސްޓް ހެދުމަށްފަހު ނެގެޓިވް ކަމަށް ދެއްކި މީހެއް.

21:45

ސިންގަޕޫރު އިން ފަސްވަނަ މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެއްޖެ. ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ އޭނާ އަކީ ޗައިނާގެ ވުހާން އަށް ނިސްބަތްވާ 56 އަހަރުގެ އަންހެނެއް ކަމަށް. އޭނާ ސިންގަޕޫރަށް އާއިލާ އާއި އެކު މިދިޔައީ މިމަހުގެ 18 ވަނަ ދުވަހު.

21:44

ޗައިނާގެ ވެރިރަށް ބެއިޖިން އިން ކޮރޯނާވައިރަސް ޖެހުނު މީހަކު މަރުވެއްޖެ. މިއީ ކޮރޯނާވައިރަސް ޖެހިގެން ބެއިޖިން އިން މީހަކު މަރުވި ފުރަތަމަ ފަހަރު.

21:43

އީރާންގެ ކެސްޕިއަން އެއާލައިންގެ ފްލައިޓެއް މިއަދު އޮޅިގެން ރަންވޭކަމަށް ހައިވޭއަކަށް ޖައްސައިފިއެވެ.

21:26

ކޮރޯނާވައިރަސްގެ ނުރައްކާ ދުނިޔެއަށް މާބޮޑު ނޫންކަމަށް ޑަބްލިއުއެޗްއޯއިން ތިން ދުވަސް ވަންދެން ބުނަމުން އައީ މުއާމަލާތު ކުރުމުގައި އަރާފައި އޮތް އޮޅުމެއްގެ ސަބަބުން ކަމަށް މިއަދު އިއުތިރާފް ވެއްޖެއެވެ.

20:37

މިހާރު އެ އަންހެން މީހާ ހުރީ ވަކިން ހާއްސަ ތަނެއްގައި ބަހައްޓާފައި ކަމަށް ޑރ. ޑޭވިޑް ވަނީ ބުނެފައި. އަދި މިހާރު އެ ޕްރޮވިންސްގައި ތިބި މީހުންނަށް ސަލާމަތް ކަން ކަށަވަރު ކޮށްދޭނެ ކަމަށް އޭނާ ވަނީ ބުނެފައި

20:37

ހަލުވި ކަމާއި އެކީ ގައިން ގަޔަށް އަރާ "ކޮރޯނާވައިރަސް" ކެނެޑާއިން ފެނިފައިވަނީ ދެމަފިރިންގެ ގައިން. އެގައުމުގެ ސިއްހީ ދާއިރާގެ އޮފިޝަލެއް ކަމަށްވާ ޑރ. ޑޭވިޑް ވިލިއަމްސް ބުނެފައިވަނީ ކޮރޯނާވައިރަސް އެގައުމުން ފުރަތަމަ ފެނުނީ ފިރހެނެއްގެ ގައިން ކަމަށާއި އެ ފިރިހެން މީހާ އަކީ އަންހެން މީހާއާއި ކައިވެނި ކޮށްގެން އުޅޭ މީހެއް ކަމަށް.

20:28

އަވައްޓެރި ސްރީލަންކާއިން ކޮރޯނާ ވައިރަސްއަށް މީހަކު ޕޮޒިޓިވްވެއްޖެ.

19:51

އަފްގާނިސްތާނަށް ވެއްޓިފައިވާ ގޮތް ނޭނގޭ ބޯޓަކީ އެމެރިކާގެ އަސްކަރިއްޔާ ބޯޓެއް ކަމަށާާއި، އެ ބޯޓު ވައްޓާލީ ކަމަށް ތާލިބާނުން ބުނެފި.

19:30

މިއަދު ވެއްޓުނީ އެމެރިކާގެ އަސްކަރިއްޔާގެ ފްލައިޓެއްކަން ބެލެވެން ފަށައިފި

19:20

ކޮރޯނަ ވައިރަސްއަށް ޝައްކު ކުރެވޭ 10 މީހަކު ސްރީލަންކާ އިން ފެނިއްޖެ.

18:35

ކެމްބޯޑިއާ އިން ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ.

18:22

ައަފްގާނިސްތާނުގެ ތާލިބާނުން ކޮންޓްރޯލް ކުރާ ސަރަހައްދަކަށް ވެއްޓުނު ފްލައިޓުން ދަތުުރު ކުރި އެންމެން މަރުވެއްޖެ ކަމަށް އަފްގާނިސްތާނުގެ އޮފިޝަލުން ވިދާޅުވެއްޖެ.

18:08

17:47

އެފަރާތުން ވަނީ އެގައުމުގެ ފަރާތްތަކަށް ޗައިނާގެ ހުބެއި ޕްރޮވިންސަށް ނާރަން އަންގާފައި. އަދި މިހާރު ދަނީ އެގައުމުގައި އެބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވޭތޯ ބެލުމަށް ޓެސްޓްތަް ހަދަމުން .

17:45

ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ ބޭނުމެއް ނެއް ބޭކާރު ދަތުރު ޗައިނާއަށް ނުކުރުމަށް އިސްރާއީލުގެ ހެލްތް މިނިސްޓްރީން އެދެފި.

16:07

ޗަ2އިނާގައި ކޮރޯނާވައިރަސް ޖެހިފައިވާ 2744 މީހުންނާއެކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެބަލި ޖެހިފައިވާ މީހުންގެ އަދަދު 25،000 އަށް އަރާނެ ކަމަށް ހޮންކޮންގުގެ ސިއްހަތާއި ބެހޭ މާހިރަކު ވިދާޅުވެއްޖެ

16:07

ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާވައިރަސް ކޮންމެ 6 ދުވަހަކުން އިތުރުވަމުން އަންނަ ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލުވެގެން ތިބުމަށް ހޮންކޮންގުގެ މެޑިސިން ޔުނިވާސިޓީގެ އެކްސްޕާޓް ގެބްރިއަލް ލެޔުން ބުނެފި

15:54

80 އަށްވުރެ ގިނަ މީހުންނާއެކު ދަތުރު ކުރި ފްލައިޓެއް ވެއްޓިއްޖެ.

15:35

ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ ސަބަބުން މޮންގޯލިއާގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފި.

14:49

ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 60 އަހަރުގެ ފިރިހެނަކު، 11 އަހަރުގެ ފިރިހެން ކުއްޖަކާއި ބެހުނު މައްސަލާގައި ހައްޔަރުކޮށްފި.

14:34

ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ ރަޝިއާގެ ޓުއާ އޮޕަރޭޓަރުން ޗައިނާއަށް ޓުއާގައިޑު ކަން ދިނުން ހުއްޓާލާފައިވާ ކަމަށް އެސޯސިއޭޝަން އޮފް ރަޝިއަން ޓުއާ އޮޕެރޭޝަންސްގެ ނައިބު ރައީސް ޑިމިޓްރީ ގޮރިން ވިދާޅުވެއްޖެ.

"ސަލާމަތީ ކަންކަމަށް ވިސްނައި ޓުއާ ގައިޑުކަން ކުރުން ހުއްޓާލީ" ޑިމިޓްރީ ވިދާޅުވި.

14:18

ހަލުވި ކަމާއި އެކީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތެރުމުން އަންނަ "ނުރައްކާތެރި" ކޮރޯނާވައިރަސްގެ ސަބަބުން ތެލުގެ އަގު ދަށް ވެއްޖެ.

 

14:12

ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 81 އަށް އަރައިފި. މިފަހަރު ވެސް މީހަކު މަރުވެފައި ވަނީ ޗައިނާ އިން.

14:02

ސޮލޮމަން އައިލެންޑްސްއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

12:48

ކޮރޯނާވައިރަސް އާއި ދެކޮޅަށް ޗައިނާ އިން ހަމަޖެއްސި ބަޖެޓް ވަރަށް ބޮޑަށް އިތުރުކޮށްފި. މިހާރު ޗައިނާ އިން ނިންމާފައި ވަނީ 60.33 ބިލިއަން ޔުއާން މި މަސައްކަތައް ޚަރަދު ކުރަން. އެއީ 8.74 ބިލިއަން އެމެރިކާ ޑޮލަރު.

11:58

11:34

އޮސްޓްރޭލިއާ އިން ކޮރޯނާވައިރަސް ޖެހިފައިވާ އިތުރު މީހަކު ފެނިއްޖެ. މިހާރު އޮސްޓްރޭލިއާ އިން ފެނުނު ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައި.

11:19

10:52

ކޮރޯނާވައިރަސްގެ އަސަރުކުރި ބައެއް ނަރުހުންނާއި ޑޮކްޓަރުންނަށް އެމަޖެންސީ ފަރުވާ ދިނުމަށްފަހު ގެއަށް ފޮނުވާލާފައިވާ ކަމަށް ވުހާންގެ ސެންޓްރަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހަކާއި ހަވާލާދީ "ސީއެންއެން" އިން ބުނެފި.

ބެއިޖިން އިން ވުހާން އަށް މިހާރު ވެސް ވަނީ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތައް 1600 މީހުން ފޮނުވާފައި. އަދި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތައް 1000 މީހުން ވުހާން އަށް ފުރަން ތައްޔާރީ ހާލަތުގައި ބެއިޖިންގައި މިހާރު ވެސް އެބަތިބި.

10:19

ކޮރޯނާވައިރަސް އާއި ގުޅިގެން އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުން މަޝްވަރާކޮށްފި.

10:10

10:10

09:47

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން ކުރިއަށްގެންދާ މަސައްކަތް ޗައިނާގެ ވެރިކަންކުރާ ޕާޓީގެ އެންމެ މަތީ ގުނަވަން ކަމަށްވާ ކޮމިއުނިސްޓް ޕާޓީގެ ސްޑޭންޑިން ކޮމެޓީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަން ނިންމައިފި. މި ކޮމެޓީ ޗެއާ ކުރައްވާނީ ޗައިނާގެ ރައީސް ޒީ ޖިންޕިން.

ކޮމެޓީގެ އިއްޔެ ބައްދަލުވުމުގައި ވަނީ ކޮރޯނާވައިރަސް އާއި ދެކޮޅަށް ކުރާ މަސައްކަތައް 11 ބިލިއަން ޔުއާން (1.58 ބިލިއަން އެމެރިކާ ޑޮލަރު) ޚަރަދު ކުރަން ނިންމާފައި.

09:31

ކޮރޯނާވައިރަސް ޖެހިފައިވާ މީހެއްގެ ގައިން އަލާމާތްތައް ފެނުމުގެ ކުރިން އެބަލި އެހެން މީހުންގެ ގަޔަށް އަރާ ކަމަށް ޗައިނާ އިން ބުނި ނަމަވެސް އެކަން އަދި ކަށަވަރު ކުރެވިފައިނެތް ކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒިސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން އިން ބުނެފި.

އެ އިދާރާއިން ބުނީ ބަލި މީހާގެ ބޭރުފުށުން އެއްވެސް އަލާމާތެއް ނުފެންނަނީސް އެހެން މީހަކަށް އޭނާގެ ގައިން ބަލީގެ އަސަރު ކުރާކަމުގެ ސާފު ހެއްކެތް އަދި އެއިދާރާއަށް ލިބިފައި ނެތް ކަމަށާއި ނަމަވެސް އެކަން ހިނގާތޯ ބަލަމުންދާ ކަމަށް.

09:28

ހަލުވިކަމާއި އެކީ، ފެތުރެމުން އަންނަ "ކޮރޯނާ ވައިރަސް" ގެ އަލާމާތްތައް ފެނުމުގެ ކުރިން ބަލި ފެތުރޭ ކަމަށް ޗައިނާ ސަރުކާރުން ބުނެފިއެވެ.

09:25

ޗައިނާގެ ފަގީރު ސަރަހައްދުތަކަށް ކޮރޯނާވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އޮފިޝަލުން ފާޅުކުރަން ފަށައިފި. އާއަހަރުގެ ބަންދާއި ދިމާކޮށް އާއިލާ މެންބަރުން ކައިރިއަށް ޒިޔާރަތްކުރި މަސައްކަތްތެރިންގެ ފަރާތުން ފަގީރު ސަރަހައްދުތަކަށް ކޮރޯނާވައިރަސް ފެތުރިއްޖެނަމަ އެބަލީގެ ސަބަބުން އަދި އިތުރު އެތައް ބަޔަކު މަރުވެގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައި.

09:19

09:12

ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 80 އަށް އަރައިފިއެވެ.

01:24

ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިއާ ކޯބީ ބްރަޔާންޓް މަރުވެއްޖެ.

00:54

ހޮންކޮންގް ގައި މިހާތަނަށް 8 މީހަކަށް ކޮނޯރާ ވައިރަސް ޖެހިފައިވޭ. ހޮންކޮންގްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި މިކަންވަނީ ކަށަވަރުކޮށްދެއްވާފަ. އެޤައުމުގެ ސިއްޙަތާ ބެހޭ އިދާރާއިން ބުނެފައިވަނީ މި 8 މީހުންގެ ކޭސް ގާތުން ބަލަމުން އަންނަ ކަމަށް. މި 8 މީހުނާއެކު ޗައިނާގެ މެއިންލޭންޑްއިން މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 50 އަށް އަރާ

00:25

 

00:17

އެމެރިކާގައި އިތުރު މީހަކަށް ކޮނޯރާ ވައިރަސް ޖެހިއްޖެ

ލޮސް އެލްޖްލެސް ކައުންޓީ ޑިޕާޓްމެންޓް އޮފް ހެލްތް އިން މިއަދު އެސްޓޭޓްގައި އިތުރު މީހެއް މިވައިރަސް ޖެހިފައިވާ ކަމަށްބުނެފައި. މިއާއެކު އެމެރިކާގައި މިހާތަނަށް މިބަލި ޖެހިފައިވާ 4 މީހުންވަނީ ދެނެގެނެވިފައި.

00:11

ފާއިތުވި 24 ގަޑިއިރުގެ ޚަބަރުތަކަށް ބަލާއިރު މިއަދު ވަނީ ރާއްޖޭގައި ކުއްލި މަރުގެ ތިން ހާދިސާއެއް ހިނގާފައެވެ.

މިއަދު ހެނދުނު ވަނީ ފަތުރުވެރިޔަކު ނިޔާވެފައި އޮއްވާ ފެނުނު ޚަބަރެއް ލިބިފައެވެ. އޭގެ ފަހުން ވެލި ނަގަން މޫދަށް ގޮސް އުޅުނު މީހަކު ނިޔާވި ޚަބަރަކާއި އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ނިޔާވި ޚަބަރެއް ވެސް ވަނީ ލިބިފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް މިރޭ ވެސް ވަނީ ލިބިފައެވެ.

ކޮރޯނާވައިރަސްގެ ޚަބަރުތަކަށް ބަލާއިރު ބަލި ޖެހުނު މީހުންގެ އަދަދު 1900 ފަހަނައަޅައި ގޮސްފައިވާ ޚަބަރު މިއަދު ލިބިފައި ވެއެވެ. އަދި ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 56 އަށް އަރާފައެވެ. ކޮރޯނާވައިރަސް އާއި ގުޅޭ ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު