ޗައިނާގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ހާހުން އިތުރުވަމުން ދާއިރު ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން ގެތަކުގައި އަމިއްލައަށް ކަރަންޓީން ވެގެން ތިބިއިރު އެމީހުންގެ އާއިލާތަކުންނާއި އަވައްޓެރިން ވެސް އެމީހުންނާއި މެދު ކަންތައް ކުރަމުން ގެންދަނީ ވަރަށް ލާއިންސާނިޔަތުކޮށް ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ މީސް މީޑިއާގައި މިހާރު ދަނީ ކޮޓަރިއެއްގެ ދޮރު ނުހުޅުވޭނެ ގޮތައް ފިލާފަތިތަކެއް ދޮރުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެގޮތައް ހަދަނީ ކޮރޯނާވައިރަސް ޖެހިފައިވާ މީހުން އެކޮޓަރިން ނިކުމެދާނެތީއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެޕާޓްމަންޓް ބިލްޑިންގްތަކުގައި ދިރިއުޅޭ މީހުން ގެންދަނީ އެޕާޓްމަންޓެއްގެ މީހަކު ބައްޔަށް ޝައްކު ކުރެވުނު ނަމަވެސް އެޕާޓްމަންޓްތަކުން ނުނިކުމެވޭނެ ގޮތައް ދޮރުތައް ބަންދުކުރަމުންނެވެ.

ޗައިނާގެ ވުހާންގައި ހަލުވިކަމާއި އެކު ކޮރޯނާވައިރަސް ފެތުރެމުންދާއިރު ހޮސްޕިޓަލްތަކަށް ވެސް ވަނީ ބާރު ބޮޑުވެފައެވެ. ހޮސްޕިޓަލްތަކުގެ ޖާގައަށް ވުރެ އެތައް ގުނައެއް އިތުރަށް ބަލި މީހުން ބައިތިއްބަން ޖެހުމުން ވުހާންގައި އިތުރު ތިން ހޮސްޕިޓަލެއް ހުޅުވުމުގެ މަސައްކަތް ވަނީ މިދިޔަ ހަފްތާގައި ފަށާފައެވެ. އޭގެ ތެރެއިން އެއް ހޮސްޕިޓަލް މިއަދު ވަނީ ހުޅުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒިމްޒިމް

    މުސްލިމުންނަށް އަނިޔާކޮށް އެމީހުން ތަންތަނުގަ ބަންދުކޮށް އުޅުނުމީހުންތައް މިއަދު އަމިއްލައަށް އެމީހުނއގެ އަތުން އެގެތަކުގައު ބަންދުކުރަނީ.. މާތްﷲ ކުޅަދުންވަތަކަމާއެވެ..

    28
    2
  2. ތުއްތުނާ

    ޢަހަރެންގެ ބައްޕަ ކިޔާދިނެވެ ކުރީގައި ލެޕްރަޒީ ޖެހޭ މީހުން ގެންދަނީ ބިޔާދޫ ކިޔާ އެކަހެރި ކުރެވިފައިވާ ފަޅު ރަށަކަށެވެ ބައްޕަގެ ތިމާގެ މީހަކަށް މިބަލި ޖެހުނެވެ ގޭގެ ދުރުފަރާތުގައި ވަކި ކޮޓަރި އެއްހަދާ ބަލިމީހާ އެކަހެރި ކުރެވުނެވެ ކާބޯ ތަކެތި ގެންގޮސްދޭ ނޯކަރަކު ފިޔަވާ އެހެންމީހުން އެތަނަށް ދިއުން މަނާކުރެވުނެވެ މިބަލި މީހާ އަކީ ހެޔޮލަފާ ދީންވެރި މީހެކެވެ ﷲގެ ރަހްމަތުން އޭގެ އަހަރުތަކެއްފަހުން ބަލި މީހާ މުޅިން ފަސޭހަވެ ޝިފާލިބުނެވެ އޭނަގެ ބޭހަހަކީ ގިނަގިނައިން ނަމާދު ކުރުމާއި ދުއާ ދެންނެވުމެވެ ކުރޯނާ ވައިރަސް ރާއްޖެ ނައުމަށް އެދި ތިބައި މީހުންވެސް ދުއާ ކުރާށެވެ ﷲ އީ އެކަލާންގެ އަށް ދަންނަވާ އެހީއަށް އެދޭ ފަރާތް ތައްދެކެ ލޯބިވެ ވޮޑިގަންނަވާ އިލާހެވެ ﷲއީ ޝިފާ ދެއްވާ ރަސްކަލާނގެ ކަންޔަގީނެވެ

    29
    2
  3. ދެވަންސޫރަ

    ރަނގަޅު ހެޔޮ ހިޔާލުތައް ހުންނަ ކޮމެންޓް ތަކަށް ޑިސްލައިކް މި ކުރަނީ ޗައިނާ މީހުންކަހަލަ ބޯހަމަ ނުޖެހޭ ކުދިންދޯ.

  4. Anonymous

    އަލްހަމްދުލިﷲ. އަހަރެމެން މުސްލިމުންނައް ލާއިންސާނީ އަނިޔާދީ 800000 މުސްލިމުން ވަނީ ވީނުވީއެއް ނޭގި ޖަލު ތަކުގައި މަރާލާފައި. ﷲ ސުބުހާނަހޫ ވަތަޢާގެ ކުޅަދުން ވަންތަކަން ކިހާ ބޮޑު. ކަލޭމެން މުޑުދާރު ޗައިނާ މީހުން އެވަނީ އަމިއްލަޔައް ގެ ތަކުގައި ބަނދުވެ ހައްޔަރު އަމިއްލަޔައް ވެފަ. ސުބުހާނަﷲ. އަދި ވެސް އިބުރަތް ހާސިލް ކުރަން ނުވޭތޯ