ފަލަސްތީންގެ ރައީސް މަހްމޫދްގެ އަތްޕުޅުން ލިޔުއްވާފައިވާ ހާއްސަ ސިޓީއެއް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ފޮނުވައިފިއެވެ. މިސިޓީއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކޮށްފައިވާ "ގަރުނައިގެ އެއްބަސްވުމަކީ" ފަލަސްތީނުން އިންތިހާ ދަރަޖައަށް ދެކޮޅު އެއްބަސްވުމެއްކަން ސާފުބަހުން ހާމަކުރެއްވުމަށް ފޮނުއްވެވި ސިޓީއެކެވެ.

އައްބާސްގެ ސިޓީއާއި އެކު ފަލަސްތީންގެ ސިވިލް އެފެއާޒް މިނިސްޓަރ ހުސައިން އަލް-ޝައިހް ވަނީ އިސްރާއީލްގެ ފިނޭންސް މިނިސްޓަރ މޮޝީ ކަލޮން އާއި ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި ވެސް ފަލަސްތީންގެ މިނިސްޓަރ ވަނީ އެމެރިކާ އިން ހުށަހަޅާފައިވާ އެއްބަސްވުން ފަލަސްތީނުން ގަބޫލުނުކުރާކަން އިސްރާއީލަށް އަންގާފައެވެ.

އިސްރާއީލްގެ ފިނޭންސް މިނިސްޓަރ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އައްބާސް އަތްޕުޅުން ލިޔުއްވާފައި އޮތް ސިޓީއެއް ބޮޑުވަޒީރު ނަތަންޔާހޫއަށް ރައްދުކޮށްދިނުމަށް ފަލަސްތީނުން ހަވާލުކޮށްފައިވާ ކަމަށާއި އެސިޓީ ނަތަންޔާހޫއަށް ރައްދުކޮށްދޭނެ ކަމަށެވެ. "އެސިޓީ ލިޔުއްވީ އައްބާސް އަމިއްލަފުޅަށް، އޭނާގެ އަތްޕުޅުން ކަމަށް ފަލަސްތީންގެ ވަފުދުން ބުނި. ސިޓީ އޮތީ އަރަބި ބަހުން. ސިޓީ ނަތަންޔާހޫ އާއި ހަވާލު ކުރާނަން." އިސްރާއީލްގެ ފިނޭންސް މިނިސްޓަރ ބުންޏެވެ.

ނަތަންޔާހޫ މިހާރު ހުރީ ރަޝިއާއަށް ކުރާ ރަސްމީ ދަތުރެއްގައި އެގައުމުގައެވެ. އޭނާ އެނބުރި އިސްރާއީލަށް ދާނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

"ގަރުނުގެ އެއްބަސްވުމުގެ" ނަމުގައި އެމެރިކާ އިން އިއުލާން ކުރި އެއްބަސްވުމަކީ "ގަރުނުގެ ކަންކަށިމަތީގައި ޖެހި އެތިފަހަރެއް" ކަމަށް އައްބާސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެމެރިކާ އިން ހުށަހެޅި އެއްބަސްވުމާއި ދެކޮޅު ހެދުމަށް އަރަބި ގައުމުތަކުގެ ތާއިދު ހޯއްދެވުމުގެ ގޮތުން މިއަދު އައްބާސް މިސްރަށް ވަޑައިގެންނަވާނެއެވެ. މިސްރުގެ ވެރިރަށް ގާހިރާގައި އޮންނަ އަރަބި ލީގްގެ ބައްދަލުވުމެއްގައި މިއަދު އައްބާސް ތަޤުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިސްރަށް ކުރައްވާ ދަތުރުފުޅަށް ފަހު އައްބާސް އެހެން ބައެއް ގައުމުތަކަށް ވަޑައިގެން އެމެރިކާ އިން ހުށަހަޅާފައިވާ އެއްބަސްވުމާއި ދެކޮޅަށް އެގައުމުތަކުގެ ތާއިދު ހޯއްދެވުމުގެ މަސައްކަތް ވެސް ކުރައްވާނެއެވެ.

އެމެރިކާ އިން ހުށަހެޅި އެއްބަސްވުމާއި ގުޅިގެން ފަލަސްތީންގައި ވަރުގަދަ މުޒާހަރާތަކެއް ފެށިފައި ވާއިރު އެއްވެސް ނިންމުމެއް އަވަސް އަރުވާލައިގެން ނުނިންމުމަށް އިސްރާއީލުން ވަނީ ފަލަސްތީނަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަޒަން

  ދުނިޔޭގެ ރައްކާތެރިކަމާ ސަލާމަތައް އިޒްރޭލާ އެމެރިކާ އަކީ ބިރެއް މިދެގައުމު ފުނޑާލަންޖެހޭ! މިދެގަުމުގެ ތާރީހްވެސް ދައްކަނީ އިންސާނުންގެ ލެއިން ތަތްތެޅިފައިވާތައް އެމެރިކާއަކީ ސައިޒްކުރަންޖެހޭ އެމީހުންގެ ފަރާތުން އެހެންއެއްވެސް ގައުމަކަށް ބިރުނުދައްކާ ގައުމަކަށް ހެދުން އެއީ މުޅިދުނިޔޭގެ ޒިންމާއެއް!

  19
  5
  • ބެއްޔާ

   ތިޔަކަންތައް ކުރާނީ ކާކު؟ މިހާރު ގައުމުތަކުގައި މިތިބަވެރިން ތިޔަކަމެއް ނުކުރާނެ. މަށާ ކަލެއަށާ ވެރިކަންލިބިއްޖެ ނަމަ ތިކަން ކުރާނަށް.

   12
   6
   • ހަގީގަތް

    އީރާން އަތުގައި އެބަ އޮތް ތި ބާރު

  • ކަލޭ

   ބަދިގެއަށް ވަދެ އެދެގައުމު ފުނޑާލަންވީނު

 2. ކެތްތެރިކަން

  އިންތިހާ ދަރަޖައަށް އަނިޔާވެރިކަން ބޮޑު ގައުމުތައް އިނދަޖެހޭތަން މާޒީގައި ވަނީ ފެނިފައި. އަހަރެމެންނަށް ނުވަތަ އަހުރެމެންގެ ދަރިންނަށް އެމެރިކާއާ އިޒްރޭލު އިނދަޖެހޭތަން އިރާދަކުރެއްވިޔާ ފެންނާނެ.