އިސްރާއީލް ސިފައިން ފަލަސްތީން ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.
ފަލަސްތީންގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ވަފާ އަލްއުދައިނީ ބުނީ ހުޅަނގު އައްސޭރީގައި ފަލަސްތީންގެ އާއްމުންގެ ތެރެއަށް އިސްރާއީލް ސިފައިން ބަޑި ޖަހާ ޝަހީދު ކޮށްލާފައި ވަނީ ފަލަސްތީންގެ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
ޝަހީދުވެފައި ވަނީ މުހައްމަދު އަލްހަދަދް ނަމަކަށް ކިޔާ ކުއްޖެއް ކަމަށާއި އޭނާގެ ޖަނާޒާގައި ބައިވެރިވަމުންދާ މީހުންގެ ތެރެއަށް ވެސް މިހާރު އިސްރާއީލުން ހަމަލާ ދެމުންދާ ކަމަށް ވަފާ މައުލޫމާތު ދެއެވެ.
އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އިސްރާއީލްގެ ފުރާވަރު އުމުރުގެ ކުއްޖަކަށް ހަމަލާ ދިނީ އިސްރާއީލް ސިފައިންނާއި ދިމާއަށް ފުޅީގައި އަލިފާން ރޯކޮށްފައި އުކަން ފެށުމުން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި އިއުލާން ކޮށްފައިވާ އެއްބަސްވުމާއި ގުޅިގެން ފަލަސްތީންގެ އެކި ސަރަހައްދުތަކުގައި ގެންދަނީ މުޒާހަރާތައް ކުރަމުންނެވެ. ބައެއް ސަރަހައްދުތަކުގައި އިސްރާއީލް ސިފައިންނާއި ދިމާއަށް އޮއްގަލާއި އަލިފާން ބޯޅަ ފަދަ ތަކެތި ގެންދަނީ އުކަމުންނެވެ.
ޓްރަމްޕް އިއުލާން ކޮށްފައިވާ އެއްބަސްވުމާއި ގުޅިގެން އިސްރާއީލުން ހިފާފައިވާ ފަލަސްތީންގެ ސަރަހައްދުތަކުގައި ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމަށް ލަފާކޮށް އިސްރާއީލް ސިފައިން ވަނީ މިހާރު ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ކޮށްފައެވެ.
މިއުޅޭ ބައިގަނޑަކަށް ތިކަން ނުވާނެ ނިުބަވެރި ޙަމަލާއަކަށް އދ ، އީޔޫ ، އެމްނެސްޓީ ، ހިއުމަންރައިޓްސް ވޮޗް ހުސް ދެފުއްކެހެރިން
ޝަހީދުންގެ ދަރަޖައަކީ ހާދަ މަތިވެރި ކަމެކޭ. އިޒްރޭލު ތިކަހަލަ ކަންތައް ނުކުރާތި ދެންވެސް.