ދުވަހަކުވެސް ނުފެންނަ އަދި ގޮތް ނޭނގޭ ޥައިރަސް އެއް ބްރެޒިލް ޢިން ސައިންސްވެރިން ހޯދައިފިއެވެ.

މުޅިން އަލަށް މި ވައިރަސް ފެނިފައި ވަނީ ބްރެޒިލްގެ ފަމްޕުޅާގައި އޮންނަ ފެންގަނޑެއްގެ ތެރެއިންނެވެ. މި ވައިރަސް އަށް ސައިންސްވެރިން ދީފައިވާ ނަމަކީ “ޔަރާވައިރަސް” އެވެ.

”ޔަރާ” އަކީ ބްރެޒިލްގެ ފެންގަނޑެއްގެ ތެރޭގައި އުޅުނު ކަމަށް ބުނާ ފެނުޕަރީއެކެވެ. އަދި އެ ފެނުޕަރީ އެ ގައުމުގެ ސިފައިން ހައްލުވައިގެން ފެންގަނޑު އަޑިއަށް ގެންގޮސް މަރާލާކަމަށް ބުނާ ފުލޯކު ވާހަކައެެއް އެ ގައުމުގައި އޮވެއެވެ.

މި ވައިރަސް ފެނިފައި ވަނީ އެ ފެންގަނޑުގެ ތެރޭގައި އުޅޭ ވަރަށް ކުޑަ ސޫތްޕެއްގެ ގައިންނެވެ. އަދި މިވަގުތު މި ވައިރަސް ފެތުރެމުން ގެންދަނީ ހަމައެކަނި އެ ސޫފިތަކުގެ މެދުގައެވެ.

ސައިންސްވެރިން މި ވައިރަސް އާއި ވައްތަރު ވައިރެހެއް ފެނޭތޯ ބެލުމަށްޓަކައި 8500ށް ވުރެން ގިނަ ވައިރަސްތައް ޓެސްޓު ކުރި ނަމަވެސް މި ވައިރަހާއި ގާތްކުރާ ވައިރަހެއްވެސް ފެނިފައިނުވާ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ވައިރަސް ފެނިފައި މިވަނީ ޗައިނާއިން އައު ވައްތަރެއްގެ ކޮރޯނާވައިރަހެއްވެސް ދާދި ފަހުން ފެނިފައިވާ ދަނޑިވަޅެއްގައެވެ. ކޮވިޑް-19ގެ ނަން ދެވިފައިވާ އެ ވައިރަސްވެސް އިންސާނުން ގަޔަށް އަރާފައި ވަނީ ޖަނަވާރުންގެ ކިބައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރުކޮރޭ

    ޔާރާ ވައިރަސް ދެން އަރާނީ އިންސާނުންގެ ގަޔަށް ސަމާލު ސަމާލު

    11
    1
  2. މޮޔަދިޔެ!

    ވަރަށް ގިނަވައްތަރުގެ ވައިރަސް ދުނިޔެއިން ފެނިއްޖެ! ރާއްޖެއިންވެސް ދެތިންވައްތަރެއްގެ ވައިރަސް ފެނިފައިވޭ! އޭގެތެރެއިން އެއްވައިރަހަކީ ހިނދުކޮޅު ވައިރަސް އެވެ.

    11
  3. ހަހުރަ

    މީ ކޮން ވައްތަރެއްގެ ވިރިޑޭ އެއްތޯ ބަލަން އެބަ ޖެހެއެއްނު!!!