ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިރޭ އިތުރު އިންޒާރެއް ދީފިއެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޓެޑްރޮސް އަދަނޮމް މިއަދު ވިދާޅުވީ ކޮވިޑް-19 ދުނިޔެއަށް ފެތުރިގެން ދިއުމަށް މިހާރުވެސް ދޮރުތަކެއް ހުޅުވިފައިވާ ކަމަށެވެ. އެހެންކަމުން ވައިރަސް ހުއްޓުވަން ބޭނުން ނަމަ އަވަހަށް ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވައިރަސް އަދިވެސް ފެތުރިގެން ދިއުމުގެ ފުރުސަތު އެބައޮތް. ވައިރަސް ފެތުރިގެން ހިނގައިދާނެ މަގުތައް ކޮންމެވެސް ވަރަކަށް ހުޅުވިފައި އެބަހުރި. އެހެންކަމުން އަވަހަށް ފިޔަވަޅު އެޅުމަކީ މިއަދު މަޖުބޫރު ވެފައިވާ ކަމެއް." ޓެޑްރޮސް ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މަދުވަމުންދަކަމަށް ޗައިނާ އިން މިދިޔަ ހަފްތާގައި އިއުލާން ކުރި ތަފާސް ހިސާބުތަކުން ދައްކަން ފެށުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެމުން ދިޔަ ނަމަވެސް އިއްޔެ އިން ފެށިގެން ވަނީ މަންޒަރު ބަދަލުވާން ފަށާފައެވެ.

ދެކުނު ކޮރެއާ އިން އިއްޔެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި އަދި މިއަދު އީރާނާއި ލުބުނާނުން ކޮވިޑް-19 ފެނުމާއި ގުޅިގެން ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. .......

    ޑަބުލިޔު އެޗް އޯ ގަ ހުރި އެންޓި ޑޯޒް ނެރެންވީއެއްނު....
    ކޮންޓްރޯލް ވެދާނެ....ވާނުވާ އެނގޭ މީހުންވެސް އުޅޭނެކަމަށް ލަފާ ކުރެވޭ...

    3
    1
    • ކަމަނަ

      ނޭން ގުނު....ބުނެދެވިދާނެތަ....

      5
      1
  2. އަލްޖިބްރާ

    ބަލަ ! ކަލޭމެންނު ބުނީ އިތުރަކަށް ނުފެތުރެއޭ ! ނުރައްކަލެއް ނެތޭ ! ކިއާ އެކައްޗެއް ކިއަން ނޭގެނީތަ ؟ ވާނުވާ ނޭގެނީތަ ؟

    3
    2