ބޭހުގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތްތައް ދެނެގަތުމަށްޓަކައި ސްރީ ލަންކާގައި އެ ކަމަށް ހާއްސަ ޓެސްޓުތަކެއް ކުރެވޭ ގޮތައް ހަދައިފިއެވެ.

ލަންކާއަށް އެތެރެ ކުރާ ބޭހުގެ ބާވަތްތަކުގައި ހުންނަ ފެންވަރު ބެލޭ ގޮތަށް ހާއްސަކުރެވިފައިވާ މި ޓެސްޓުތައް ގާއިމް ކުރުމަށް ކުރަން ހުރި ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.

ރާޖަޕަކްސަން ވިދާޅުވީ މީގެ ކުރިން ދިމާވެފައިވާ ބޭހުގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތްތައް އެތެރެ ކުރުން ހުއްޓުވުމަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި މިހާރުގެ ޓެސްތުތަކުގެ ސަބަބުން ވަގުތުން ނަތީޖާ ނެރެވި ހެލްތު އޮފިސަރުންނަށް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ރާޖަޕަކްސާ ވިދާޅުވީ މީގެ ކުރީން މެޑިކަލް ޑްރަގް އެތެރެ ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ބޭނުންކުރެވޭ ބޭހަކީ އެ ބޭހުގައި ކިހާވަރެއްގެ ޑްރަގެއް އެކުލެވިގެންވާ ބޭހެއްތޯ ދެނެގަތުން ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭސް އެތެރެކުރާ އިރު ވިއްކާ ފާމަސީތަކުން އެ ބޭސް ބަަލާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް މަދުން ނަމަވެސް އެފަދަ ބޭހުގެ މައްސަލަތައް ކުރިމަތިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު