ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 ޖެހިގެން އީރާނުން އަނެއްކާވެސް އިތުރު ހަތަރު މީހަކު މަރުވެއްޖެ ކަމަށް އީރާންގެ ހެލްތު މިނިސްޓްރީން އިއުލާން ކުރުމަށް ފަހު އެއީ އޮޅިގެން ދެވުނު މައުލޫމާތެއް ކަމަށް ބުނެފިއެވެ.

އީރާނުން މިއަދު ވެސް ވަނީ ކޮވިޑް-19 ޖެހިގެން މީހަކު މަރުވެފައެވެ. މިހާތަނަށް އީރާނުން މި ބަލީގައި ވަނީ ފަސް މީހަކު މަރުވެފައެވެ.

ކޮވިޑް-19 ޖެހުނު ކަން އީރާނުން ކަށަވަރު ވެފައި ވަނީ 28 މީހަކަށެވެ.

އީރާނާއި ދެކުނު ކޮރެއާގައި ހަލުވިކަމާއި އެކު ކޮވިޑް-19 މިހާރު ފެތުރެމުން ދާތީ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

އީރާނާއި ބޯޑަރު ހިއްސާ ކުރަމުން އަންނަ ކުވައިތާއި އިރާޤުން މިހާރު ވަނީ ބަލި ފެތުރިދާނެތީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

އިރާޤާއި އީރާން ގުޅޭ ބޯޑަރު ބަންދުކޮށްފައި ވާއިރު ކުވައިތުން ވަނީ ފާއިތުވި ދެހަފްތާ ދުވަސް ތެރޭގައި އީރާނަށް ގޮސްފައިވާ މީހުންނަށް ވިސާ ދޫކުރަން ހުއްޓާލާފައެވެ.

މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ލުުބުނާނާއި، އިސްރާއީލުން ވެސް މިހާރު ވަނީ ކޮވިޑް-19 ފެނިފައެވެ. އެހެންކަމުން މެދުއިރުމަތީގައި ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދަނީ ދެމުންނެވެ.

މެދުއިރުމަތީގައި ބަލި ފެތުރެން ފަށައިފިނަމަ ކޮންޓްރޯލް ކުރަން ދިތިވެދާނެ ކަމަށް ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވެއެވެ. އެއީ ބައެއް ގައުމުތަކުގައި އެކަށީގެންވާ ސިއްހީ ޚިދުމަތެއް ލިބެން ނެތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެޑްމުންޑޯ

    ފްލައިޓަށް ހަމަލާދީ ވައްޓާލީ އޮޅިގެން ، މީހުން މަރިވިކަމަށް ބުނަނީ އޮޅިގެން ، މީހާދަ އޮޅޭ ގައުމެކޭދޯ