އިންޑިއާ ފުލުހުންގެ އަނިޔާތަކުގެ ސަބަބުން ޒަހަމްވެގެން މަގުމައްޗަށް ވެއްޓުމުން ވެސް ހުއްޓުމެއް ނެތި އިންޑިއާ ފުލުހުން ބަޔަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ވީޑިއޯއިން ފެންނަނީ މުސްލިމުންގެ ރަށްވެހިކަން ނިގުޅައިގަންނަން އިންޑިއާ އިން ފާސްކޮށްފައިވާ ޤާނޫނާއި ދެކޮޅަށް ނިއުދިއްލީގައި އިއްޔެ މުޒާހަރާ ކުރި ޒުވާނުން ތަކެކެވެ. ފުލުހުން އަނިޔާ ކުރުމުން އެމީހުން މަގުމައްޗަށް ވެއްޓިފައި ތިއްބާ ފުލުހުން ވަނީ މަގުރުބުރި ހިފައިގެން އެމީހުންގެ ކައިރިއަށް ގޮސް އަނެއްކާ އިތުރަށް އަނިޔާ ކޮށްފައެވެ.

އަނިޔާ ކުރި ފުލުހުން ވަނީ ޒަހަމްވެފައި ތިބި ޒުވާނުން އިންޑިއާގެ ގައުމީ ސަލާމް ކިޔުމަށް ތަކުރާރުކޮށް މަޖުބޫރު ކޮށްފައެވެ.

ފުލުހުންގެ އަނިޔާތައް ލިބުނު އެކަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ހައެއްކަ ފުލުހުން އައި އެމީހުންނަށް އަނިޔާ ކުރުމުން އަތާއި ފައި ބިނދި ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

"ފުލުހުން އަނިޔާ ކުރުމުން އަހަރެންގެ އެއް އަތާއި އެއްފައި ވެސް ވަނީ ބިންދައިގެން ގޮސްފައި. އަދި އިތުރު މީހުންގެ ފަޔާއި އަތް ވެސް ބިންދާލާފައި ވޭ. އަހަރެންގެ ބޮލުގައި ވެސް އަށް ތަނެއް ފަޅައިގެން ގޮސްފައި އެބަހުރި." އަނިޔާ ލިބުނު އެކަކު ބުންޏެވެ.

މުސްލިމުންގެ ރަށްވެހިކަން ގެއްލުވާލަން އިންޑިއާ އިން މިދިޔަ އަހަރު ފާސްކުރި ޤާނޫނުގެ ސަބަބުން އެގައުމުގައި ގެންދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. މީގެ ކުރިން ވެސް މިފަދަ ބައެއް މުޒާހަރާތަކުގައި ފުލުހުން އާއްމުންނަށް ވަރަށް ބޮޑަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާއްމުވެފައި ވެއެވެ. އަދި މުސްލިމުންގެ މުދަލަށް ފުލުހުން ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯތައް ވެސް އާއްމުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަމޭ

    ،،،''އަނިޔާ ކުރި ފުލުހުން ވަނީ ޒަހަމްވެފައި ތިބި ޒުވާނުން އިންޑިއާގެ ގައުމީ ސަލާމް ކިޔުމަށް ތަކުރާރުކޮށް މަޖުބޫރު ކޮށްފައެވެ'' އިންޑިޔާގެ ގައުމީ ސަލާމެއް ނޫން. ޢެމީހުން އެމީހުންގެ ބުދު އަންހެން ކަލާންގެ (ޖޭ މާތާޖީ) އެއްގެ ނަން ކިޔަން

    17
    3
  2. އެކްޓަރ

    ހޫނ މިއީ ބަލަ އިންޑިއާ އަންނި އިބޫ ސްޓޭޓް މިތާގައި ކިހިނެއް ތިމީހުން ބަޔަކަށް އަނިޔާއެއް ކޮށްފާނެކަމަށް މިތަނުގެ މީހުން ޤަބޫލް ކުރާނި... މިނިވަންކަން ގެއްލި ޝަމްސުއްދީން ރަދުންފަދައިން ބޯރާއިންނަށް ހުރިހާ ފުރުސަތެއް ހުޅުވާލާފަ މިއޮތީ...ރާކަނިމަސް ކެވޭނެ؛ އިގުތިސާދީ މިނިވަންކަން ގެއްލެނީ...އިންޑިއާ އުގަށް ވެއްޓި
    ޤައުމު ބަގުރޫޓްކޮށްލަނީ...މުސްލިމުން ނައްތާލަން އުޅޭބަޔަކާއެކު ގުޅުން ބަދަހިކޮށް 2 ވަނަ ފަހަރަށް އިނީ .. 3 ފަށްފެ ރަށްވެހި ފަތިހަށް އިރުއަރާއިރު ދިވެހިންގެ ރަށްވެހިކަމެއް ނޮއޮންނާނެ...ވިސްނާ ލައްވާ..ސޭ ނޯ ޓޫ އިންޑިއާ ފަރސްޓް. ސޭ ފުރަތަމަ މަގޭ ރާއްޖޭ...

    24
    1
  3. ނޫނާ

    ހިންދޫ ގެ ހައްދުފަހަނައަޅާފައިވާ ބީޖޭޕީ ، އިންޑިޔާ ގެ ސަރުކާރާ ޙަވާލުވިފަހުން އެޤައުމުގެ ޑިމޮކްރަސީ އަށާއި އެޤައުމުގެ ޤާނޫނު އަސާސީއަށް އެއްވެސްވަރަކަށް އިޚްތިރާމް ނުކުރާކަން އިންޑިޔާގެ ގިނަބަޔަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ދެކެއެވެ.

    9
    1
  4. ނޫނާ

    ހިންދޫ ގެ ހައްދުފަހަނައަޅާފައިވާ ބީޖޭޕީ ، އިންޑިޔާ ގެ ސަރުކާރާ ޙަވާލުވިފަހުން އެޤައުމުގެ ޑިމޮކްރަސީ އަށާއި އެޤައުމުގެ ޤާނޫނު އަސާސީއަށް އެއްވެސްވަރަކަށް އިޚްތިރާމް ނުކުރާކަން އިންޑިޔާގެ ގިނަބަޔަކުދެކެއެވެ.

    5
    1
  5. މަރީ

    ހަލާކު ހުރި

    12
    1
  6. ކޮރަލް

    މިހާރު ނޫހުގަ މިކަހަލަ ވާހަކަ ނުޖަހަ އެވެ.

    7
    2
  7. ނިއުމަތު

    ގެރި މޯދީ ކަލޭ ވެސް މަރުވާނެ ދުވަހެއް އަންނާނެކަން ހަނދާން ނެތުނީތޯ....