އޮސްޓްރޭލިއާގެ އުތުރު އައްސޭރިއަށް ބާރުގަދަ ބިންހެލުމެއް އަތުވައްޖެެއެވެ.

މި ބިންހެލުން އައިސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ރެކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައެވެ.

މި ބިންހެލުމުގެ ލޮޅުންތައް އޮސްޓްރޭލިއާގެ އުތުރުގެ ބޮޑު ސަރަހައްދަކަށް ވަނީ އިހުސާސް ކުރެވިފައެވެ.

ދަ ބިއުރޯ އޮފް މީޓްރޮލޮޖީން ބުނީ، މި ބިންހެލުމާއި ގުޅިގެން އޮސްޓްރޭލިއާއަށް ސުނާމީ އަރާފާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މި ބިންހެލުމުގެ އަސަރު އުތުރުގެ ބޮޑު ސަރަހައްދަކަށް ކުރިއިރު، އެ ސަރަހައްދުގައި އުޅޭ މީހުން ވަނީ އެކަން މީސް މީޑިއާގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

މި ބިންހެލުމާއި ގުޅިގެން އެެއްވެސް މީހަކަށް އަނިޔާވި ކަަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. އަދި އެއްވެސް ތަނަަކަށް ގެއްލުންވިކަމަށްވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު