އެކި ގައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ކުއްތާއެއް ޕޮޒިޓިވް ވެއްޖެއެވެ.

ބައިނަލްއަގުވާމީ މަޝްރަހުގެ ހަބަރުތައް ގެނެސްދޭ "ދަ ސަން" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ހޮންގކޮންގުގައި ދިރިއުޅެމުން އަންނަ ޔުވޮންނެ ޗޮއު ހައު ވީ ނަމަކަށް ކިޔާ އަންހެނަކު ގެންގުޅޭ އޮޅު ކުއްތާއެއް ކަމަށެވެ. އަދި އެ ކުއްތާ އާއި ވައިރަސް ޖެހިފައި ވަނީ ވަރަށް ބޮޑަށް ކަމަށާއި، އޭތީގެ ޒަރިއްޔާއި އިތުރު ހަލުވި ކަމާއި އެކު ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ކުއްތާގެ ވެރިފަރާތް ކަމުގައިވާ ޔުވޮންނޭ އަކީ މީގެ ހަފްތާއެއްހާ ދުވަހުގެ ކުރިން ވައިރަހަށް ޕޮޒިޓިވްވެގެން ފަރުވާ ދޭން ފަށާފައިވާ މީހެކެވެ.

ނިމިދިޔަ ހަފްތާގެ ބުދަދުވަހު އެ ކުއްތާ ވަނީ ކަމާ ބެހޭ ފަރާތްތަކުން ގެންގޮސްފައެވެ. މިހާރު އެ ކުއްތާ އެކަމަށް ހާއްސަތަނެއްގައި ދަނީ ފަރުވާދެމުން ކަމަށްވެއެވެ.

މި ޖަނަވާރު ބަލި ހުރިތޯ ޓެސްޓު ކޮށްފައިވާ ވަކި ސަބަބެއް މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައި ނުވި ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި ބަލި ފެނޭތޯ ޓެސްޓު ކޮށްފައި ވަނީ ވެރިފަރާތަށް މި ބަލި ޖެހިފައި ވުމުން ކަމަށް ބެލެވޭ ކަމަށް ދަ ސަން އިން ވަނީ ރިޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުރަފި

    އޭ މަބުނާ ވާހަކަ. ދެން ކުއްތާތައް ކަރަންޓީނުކޮށް މާސްކު އަޅުވައި އަތްދޮތްވަން ފަށާ. ދެން ބުޅަލަށް ، ދެން މީދަލަށް ދެން ކުރަތްޕަށް، މެހި މަދިރިއަށް.

    8
    1
    • ކިޔާ

      ހައްހާ...އަސްލުވެސް..

  2. Anonymous

    މިސޮރު ތަ އަންނިޔަކީ ވައްތަރުދޯ

    4
    5
    • ކިޔާ

      ހައްހާ...އަސްލުވެސް..