އިޒްރާއީލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ކުރަމުން އަންނަ އުނދަގޫތަކާއި އެމީހުންނާއި މެދު ހިންގަމުން އަންނަ ލާ އިންސާނީ އަމަލުތަކުގެ ވާހަކައަކީ އާ ވާހަކަތަކެއް ނޫނެވެ. އިޒްރާއީލުގެ ހަމަލާތަކުން ސަލާމަތް ވުމަށް ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ވަނީ އެކި އުކުޅުތައް ބޭނުން ކުރަން މަޖުބޫރުވެފައެވެ. އެގޮތުން ކަރުނަ ގޭހުން ސަލާމަތްވުމަށް ފަލަސްތީނުުގެ ކުޑަ އަދި ބޮޑު މީހުން ބޭނުންކުރާ އުފެއްދުންތެރި މާސްކުތައް މިހާރު ވަނީ އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައެވެ.

1) ޕްލާސްޓިކް ފުޅި، ދަޅު، ކަފަ އަދި ކޯލް

މި ފޮޓޯގައި ފެނިގެން ދަނީ މާޒިން އަލް ނަޖާ ނަމަކަށް ކިޔާ ކުއްޖެކެވެ. މި ކުއްޖާ ކަރުނަ ގޭހުން ސަލާމަތް ވުމަށް އުފެއްދި މާސްކަކީ ފްލާސްޓިކް ފުޅިއަކާއި ކަފައާއި ހުސް ދަޅަކުން ހެދި މާސްކެކެވެ. އެ މާސްކުގެ ތެރެއިން ކަރުނަ ގޭސް ނުވަންނާނެ ގޮތައް އޭނާ ވަނީ ދަޅުގެ ތެރެއަށް ކޯލް އަޅާފައެވެ.

2) ޕްލާސްޓިކް، ފިޔާ

މި ފޮޓޯއިން ފެނިގެން ދާ ފަލަސްތީނުގެ އަންހެން މީހާ ކަރުނަ ގޭހުން ސަލާމަތް ވުމަށް މާސްކު ތައްޔާރު ކޮށްފައި ވަނީ ޕްލާސްޓިކް ކޮޅަކާއި ފިޔަލެއް ބޭނުން ކޮށްގެންނެވެ. ފިޔާ އެ އަންހެން މީހާގެ ނޭފތް މަތީގައި އޮތުމުން އޭނާއަށް ކަރުނަ ގޭހުން ކުރާ އަސަރު ކުޑަވެއެވެ.

3) ޕޮމެލޯ

މި ކުއްޖާ ކަރުނަ ގޭހުން ރައްކާތެރި ވުމަށް ބޭނުން ކޮށްފައި ވަނީ މޭވާއެއްގެ ތޮށިގަނޑެކެވެ. އޭނާ ބޭނުން ކޮށްފައި ވަނީ ޕޮމެލޯ ނަމަކަށް ކިޔާ މޭވާއެއްގެ ތޮށިގަނޑެކެވެ. އޭގެން ކަރުނަ ގޭހާއި ދެކޮޅަށް މާބޮޑު ރައްކާތެރިކަމެއް ލިބޭނެ ކަމަށް ނުބެލެވެއެވެ.

4) ޕްލާސްޓިކް ތަށި، ކަފަ، ސެންޓު

މި ފޮޓޯއިން ފެނިގެންދާ ފަލަސްތީނުގެ ޒުވާނާ ރައްކާތެރިކަމަށް ބޭނުންކޮށްފައި އެ ވަނީ ސެންޓުން ފޯކޮށްފައިވާ ކަފަގަނޑަކާއި ޕްލާސްޓިކް ތައްޓެކެވެ. އެހެން ކަމުން އޭނާ ނޭވާ ލާއިރު އޭނާއަށް އެ ސެންޓުގެ ވަސް ނޫން އެހެން ވަހެއް ނުޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު