ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ދިރިއުޅުއްވާ ގަނޑުވަރު ކައިރީގައި ބަޑިޖަހައިފިއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިރޭ އެޤައުމަށް ބަޣާވާތެއް ގެނައުމަށް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އަނެއްބައި މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ބަޑި ޖަހާފައި ވަނީ، ސައުދީގެ ރަސްގެފާނުގެ ގަނޑުވަރު ކައިރިން ޑްރޯންއެއް ފެނުމުން ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ސައުދީގެ ވެރިކަންކުރާ ރިޔާދުގެ ފުލުހުންގެ އިދާރާގެ ތަރުޖަމާނު ވިދާޅުވީ، ބަޑި ޖަހާފައިވަނީ އެ ސަރަޙައްދުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުންދިޔަ އޮފިޝަލުން ކަމަށެވެ. އަދި ބަޑިޖަހަން ޖަހާފައިވަނީ އެ ސަރަޙައްދުން ހުއްދަ އާއި ނުލައި ދަތުރުކުރި ޑްރޯންއަކަށް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިކަމާއި ގުޅިގެން މިހާރު ޚާއްސަ ތަހުޤީޤެއް ފަށާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގުމާއި އެކު ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ސައުދީގެ ސަލާމަތީ ބާރުތަކުގެ ސިއްރު ބިންގަރާހަކަށް ވަޑައިގެންފައި ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ. ނަމަވެސް އޮފިޝަލުންނާއި ޙަވާލާދީ ބައެއް މީޑިއާތަކުން އެވާހަކަ ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެއްމެން

    ތިތާނގަވެސް ފެށުނީ ދޯ. ދެރަކަމެއް. އެއްމެ ކުޅަދުން ވަންތައީ މާތް ﷲ އަދި އެއްމެ އޯގާވަންތައީވެސް އެއިލާހް.

  2. ބޮލުރޮދި

    ބިމުގެ އެންމެ ފުންމިނަށް ބިންގަރާސް ހުއްޓެއްކަމަކު ރަސްގެފާނަށް ވެސް އެމަރުން ސަލާމަތް ވެވޭނެ ގޮތެއް ނޯންނ

  3. ބިންވައްހާބު

    ސައުދީގަ އޮންނަ ސަހުޔޫނީންގެ ރަސްކަން ވެއްޓިގެން މުސްލިމުން ނަށް ހިންދަމާލެވެނީ