ރާއްޖެއަށް ދަތުރުކޮށްފައިވާ ކަމަށް ހަބަރުތަކުން އެނގިފައިވާ، ދެކުނު އެމެރިކާގެ ޗިލީއިން ކޮވިޑް 19 އަށް 3 މާރިޗު ގައި ޕޮޒިޓިވް ވެފައިވާ މީހެއް ރާއްޖެއަށް ދަތުރުކޮށްފައިވާކަން ވަނީ ކަށަވަރުކުރެވިފައި ކަމަށާއި އޭނާ ރާއްޖޭގައި އުޅެފައިވާ ތަންތަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ އަދި އެއީ ކާކުކަމާއި، ރާއްޖޭގައި އޭނަ އުޅެފައިވާ ތަންތަން ދެނެގަތުމަށް މިގެންދަނީ މަސައްކަތްކުރަމުންނެވެ.

މި މައުލޫމާތާއެކު އެތަންތަނުގައި ބަލީގެ އަލާމާތްހުރި މީހުން އުޅޭކަން ބަލާ މޮނިޓަރ ކުރަމުން ގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ބައިނަލްއަޤްވާމީ ވައިގެ އަދި ކަނޑުގެ ބަނދަރުތަކެއްގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރާއްޖެއަށް ދަތުރުކޮށްފައި އަންނަ ފަރާތްތައް މިގެންދަނީ ސްކްރީންކޮށް މޮނިޓަރ ކުރަމުން ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ރާއްޖެއަށް ދަތުރުކުރި ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޗިލީގެ ސަރުކާރާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ދެމީހުން ވެސް ރާއްޖެ އަށް ދަތުރުކޮށްފައި ވަނީ އެއްކޮށެވެ. އެމީހުން ވަނީ އެއް މަސް ދުވަސް ތެރޭގައި ސިންގަޕޫރް، މެލޭޝިއާ، އިންޑޮނޭޝިއާ އަދި ރާއްޖެއަށާއި، ސްޕެއިނަށް ދަތުރު ކޮށްފައެވެ.

މިހާތަނަށް ޗިލީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ވެސް އެދެމީހުން އެކަންޏެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ޗިލީ ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހި

    ޗިލީ ޢިންތިމީހާ ރާއްޖެ އައިރު ކެމެރާ ކޮބާ!؟ ތިމީހާ އެނގުނީ ވެސް ޗިލީސަރުކާރުން އެކަން އެން ގީމަދޯ !؟

    15
    2
  2. ޟަފް

    އެ އީ ކޮންކަހަލަ މަހެއް ސޮރީ ނޭގިގެން

  3. މީޝް

    ހީވާގޮތުގަ ތިޔަމީހުންއުޅުނުތަނެއް މިރާއްޖެގެ މީހުންނަކައްނޭގޭނެ އައިސްއުޅެފަދިޔައިރުނޭގުނުބަޔަކައް ދެންއެގޭނީކޯޗެއް