ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަކީ އެމެރިކާއިން ދިން ބަޔޮލޮޖިކަލް ހަމަލާއެއްގެ ނަތީޖާ ކަމަށް އީރާން އަސްކަރިއްޔާގެ ކޮމާންޑަރަކު ތުހުމަތުކޮށްފިއެވެ.

އީރާނިއަން ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކޮމާންޑަރ، މޭޖާ ޖެނެރަލް ހުސައިން ސަލާމީ ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތުތިވެފައިވަނީ އެމެރިކާގެ ސަބަބުން ކަމަށާއި، މި ވައިރަސް އުފެދި ފެތުރެމުން ދަނީ އެމެރިކާ އިން އުފެއްދި ބަޔޮލޮޖިކަލް ހަތިޔާރަކުން ކަމަށެވެ.

ސަލާމީ ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަކީ އެމެރިކާ އިން ދުނިޔެ ހިސޯރު ކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ ދަށުން، އެޤައުމުން އުފައްދާފައިވާ އެޤައުމުގެ "ޕްރޮޑަކްޓެއް" ކަމަށެވެ. އެހެންކަމުން ދުނިޔެއަށް މިހާރު މި ވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކަލާއި، އެކަމުން ލިބެމުންދާ ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާއިން ކަމަށް ސަލާމީ ބުނެފައި ވެއެވެ.

ކޮވިޑް-19 އާއި ބެހޭގޮތުން އެމެރިކާއަށް ސަލާމީގެ ގިނަ ތުހުމަތުތަކެއް އަމާޒުކޮށްފައި ވާއިރު، އީރާނަކީ ޗައިނާ އާއި ދެކުނު ކޮރެއާ ފިޔަވައި މި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޤައުމެވެ. އަދި ދުނިޔެއިން ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް މީހުން މި ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ޤައުމަކީ ވެސް އީރާނެވެ.

އީރާނުން މިހާތަނަށް 6767 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެޤައުމުން 44 މީހަކު މި ވައިރަސްގެ ސަބަބުން މަރުވެފައި ވެއެވެ. އަދި 52 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ކަމަށްވެސް ނޫސްތަކުން ބުނެއެވެ.

ކޮވިޑް-19 އަކީ އެމެރިކާގެ ބަޔޮލޮޖިކަލް ހަތިޔާރެއްގެ ނަތީޖާ ކަމަށް އީރާނުގެ އަސްކަރީޔާގެ އިސް އޮފިޝަލް ތުހުމަތުކޮށްފައި ވާއިރު، އެމެރިކާގައި ވެސް މި ވައިރަސް ދަނީ ފެތުރެމުންނެވެ. ނަމަވެސް އީރާނާއި އަޅާބަލާއިރު އެމެރިކާއިން މި ވައިރަސް ޖެހިފައިވަނީ މަދު ބަޔަކަށެވެ. މިހާތަނަށް އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ 331 މީހުންނެވެ. އަދި ބަލީގައި އެޤައުމުން މިހާތަނަށް މަރުވެފައި ވަނީ 17 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. Anonymous

  ތި ވެދާނެ ތެދަކަށް

  76
  2
  • އިންޓަލިޖެންސް

   އީރާނުގެ ރިވޮލިއުޟަނަރީ ގާޑަކީ ވަރަށް ކުޅަދާނަ މާހިރުން ތިބޭ ފައުޖެއް..ސަލާމީ ތިހެން ބުނާނީ ވަރަށް ދެކޮޅު ބަލާފަ..ތިއެތިފަހަރު އީރާނާ ޗައިނާ އިން އަދި އެމަރިކާ މައްޗަށް ހިފާނެ

   22
   1
 2. އައްޑޫ މީހާ

  އަދި އިންޑިއާ މީހުން ދިވެހިރާއްޖެއަށް ވެސް މި ވައިރަސް ފަތުރާނެ އޭރުން މިގައުމަށް ފާކުރައްވަން ފަސޭހަވާނެ އެމީހުން ބޭނުން ގޮތައް ކަންތައް ކުރަން މަގުފަހިވާނެ އާބާދީ ހުސްވީމަ އެމީހުންގެ ގައުމަކަށް ބަދަލުކޮށްލާނެ މިއީ އެމީހުންގެ ޓާރގެޓަކަށް މިހާރުވާނެ މުސްލިމުންގެ ފުރާނައަކީ އެމީހުންނަަށް އެއްވެސް އަގެއްނެތް އެއްޗެއް

  94
  8
 3. އެމަންޖެ

  އަދި ތިޔައީ މުޅިޔަކުން ތެދެއްނޫން ތިކަމުގަ އަންނިއާ ގެރި މޯދީގެ ހިއްސާވެސް ހިމެނޭ.

  27
  2
 4. ސަލާމް

  ކީއްވެބާ އީރާން ކޮރެއާ ޗައިނާ ގައި ތީ އިންތިހާ ދަރަޖައަށް މައްޗަށް ފެތުރުނީ؟ ހީވަނީ ހާއްސަކޮއް ޓާގެޓްކުރީހެން...ތީ ވެދާނެ ތެދަކަށް

  28
  1
 5. އަދިކިރިއާ

  މަށަށް އަދި މިވިސްނެންފެށީ އެމަރިކާ ގެ ޕްލޭން އިގްތިސާދީ ގޮތުން ޗައިނާ އެމަރިކާ އަތުލާފާނެތީ ބިރުން ޗައިނާ އިގްތިސޯދު ހީނަރުކޮއްލަން ކުރިކަމެއް.. އަދި އީރާނަކީ އެންބޮޑު ދުޝްމިނުން ކަމުގައިވާތީ ކޮރޯނާ ޖެހިފައި ތިބޭ މީހުން ގަސްތުގައި އީރާނައް ފޮނުވަނީ އެތާ ފަތުރަން ވެގެން.

  24
 6. ކަާމިނީ

  ތީ ހަމަ ތެދެ މަކުރިން ވެސް ބުނިން ތެިހެން އެމެރިކާއާއި އިޒްރޭލް ވެގެން އުފައްދައިގެން އުޅޭ ވައިރަހެއް އެހްނވެގެންތާ ހިމޭނުންތިބެނީ ދުވަސްކޮޅަކުން ބުނާނެ ތިމަންނަމެން ބޭސް އުފައްދައިފީމޭ

  27
  2
 7. ލަކުޝްމީ

  ތީ ހަމަ ތެދެ މަކުރިން ވެސް ބުނިން ތެިހެން އެމެރިކާއާއި އިޒްރޭލް ވެގެން އުފައްދައިގެން އުޅޭ ވައިރަހެއް އެހްނވެގެންތާ ހިމޭނުންތިބެނީ ދުވަސްކޮޅަކުން ބުނާނެ ތިމަންނަމެން ބޭސް އުފައްދައިފީމޭ

  18
  1
 8. ބާބާ

  ތީ ހަމަ ތެދެ މަކުރިން ވެސް ބުނިން ތެިހެން އެމެރިކާއާއި އިޒްރޭލް ވެގެން އުފައްދައިގެން އުޅޭ ވައިރަހެއް އެހްނވެގެންތާ ހިމޭނުންތިބެނީ ދުވަސްކޮޅަކުން ބުނާނެ ތިމަންނަމެން ބޭސް އުފައްދައިފީމޭ

  12
  1
 9. Anonymous

  ތީ ހަމަ ތެދެ މަކުރިން ވެސް ބުނިން ތެިހެން އެމެރިކާއާއި އިޒްރޭލް ވެގެން އުފައްދައިގެން އުޅޭ ވައިރަހެއް އެހްނވެގެންތާ ހިމޭނުންތިބެނީ ދުވަސްކޮޅަކުން ބުނާނެ ތިމަންނަމެން ބޭސް އުފައްދައިފީމޭ

  12
 10. ހޯރާ

  ތީ ހަމަ ތެދެ ނުލަފާ ބައެއް އެމެރިކާ އިޒްރޭލް

  27
  • ފުރިހަމަކޮށްލަން

   އިންޑިޔާ

 11. ާތެދު

  މީ ހަމަ ތެދު ހެން ހީވޭ. ނުލަފާ ޖައްބާރު ބައެއް ޢެމެރިކާގެ ރަޢީސް އަދި މީހުންނަކީވެސް!

 12. ބޯގޯސް

  މިތިބަ ޖާހިލުންގެ ބޯގޯސްކަން ނިކަން ދެކެ ބަލަ. މިކޮމެންޓް ކިޔާލީމާ އެނގިއްޖެ ދިވެހީން އަދިވެސް ތިބި ފެންވަރު.