ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ދީފިއެވެ.

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން މިދިނީ ބަލި މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ދިނުން ލަސްވަމުން ދާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ކޮވިޑް-19 އަކީ ޕެންޑެމިކެއް ކަމަށް މިރޭ ފުރަތަމަ ފަހަރަށް ވިދާޅުވެފައެވެ.

ޕެންޑެމިކެއްގެ ގޮތުގައި ކޮވިޑް-19 ޑަބްލިއުއެޗްއޯ އިން ކަނޑައެޅުމުން ބައްޔާއި ދެކޮޅަށް އެޖަމިއްޔާ އިން ކުރަމުން އަންނަ މަސައްކަތް އަނެއްކާވެސް އިތުރުވެގެން ދިޔައީއެވެ. އެއީ ބަލީގެ ހާލަތު އޮތް ލެވަލް އަނެއްކާވެސް މައްޗަށް ޖެއްސުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރުވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވަނީ ކޮވިޑް-19 ފެނިފައެވެ. ނަމަވެސް އަދިވެސް އެފްރިކާގެ ގިނަ ގައުމުތަކަކުން ބައްޔެއް ނުފެނެއެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގައި ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ހަލުވިކަމާއި އެކު ފެތުރެމުންނެއް ނުދެއެވެ. ދެކުނު އޭޝިއާގައި ވެސް އަދި މިހާތަކަށް ކޮވިޑް-19 އައުޓްބްރޭކްވި ގައުމެއް ނެތެވެ.

ޑަބްލިއުއެޗްއޯގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކޮވިޑް-19 ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަގީރު ސަރަހައްދުތަކާއި، އެފްރީގެ ގައުމުތަކުގައި ފެތުރެން ފެށުމެވެ. އެހާލަތު ދިމާވެއްޖެނަމަ އެތައް މިލިއަން ބައެއްގެ ފުރާނަ އަށް ނުރައްކާ ވުމުގެ ބިރު އެބައޮތެވެ. އެއީ އެކަށީގެންވާ ސިއްހީ ޚިދުމަތެއް ދެކުނު އޭޝިއާގެ ފަގީރު ގައުމުތަކާއި އެފްރިކާ ބައްރުގެ ގައުމުތަކުގައި ނެތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު