އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ނުވާކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފިއެވެ.

ޓްރަމްޕް ކޮވިޑް-19 އަށް ޓެސްޓް ކޮށްފިތޯ ބައެއް ފަރާތްތަކުން ސުވާލު ކުރަމުން ގެންދަނީ ކޮވިޑް-19 ޖެހިފައި ވެދާނެ ކަމަށް ލަފާކުރެވޭ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންތަކަކާއި ޓްރަމްޕް ބައްދަލު ކޮށްފައި ވާތީއެވެ.

ކޮންގްރެސްޓްގެ ރިޕަބްލިކަން ދެމެންބަރުން ކަމަށްވާ ޑޮކް ކޮލިންސް އަދި މެޓް ގަޓޭޒް މިހާރު ތިބީ ސެލްފް ކަރަންޓީންގައެވެ. އެއީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ބައްދަލު ވެފައި ވާތީއެވެ.

މިހާރު ކަރަންޓީންގައި ތިބި މެންބަރުންގެ ތެރެއިން ކޮލިންސް ވަނީ ކަރަންޓީން ވުމުގެ ކުރިން މިދިޔަ ހުކުރު ދުވަހު ޓްރަމްޕް އާއި ސަލާމް ކޮށްފައެވެ. އަދި މެޓް ވަނީ ހޯމަ ދުވަހު ޓްރަމްޕް އާއި އެކު އެއާފޯސް ވަންގައި ދަތުރެއް ވެސް ކޮށްފައެވެ.

ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާން ސްޓެފަނީ ގްރިސްމަން ބުނީ ޓްރަމްޕް ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ނުވާކަމަށާއި އެފަދަ ޓެސްޓް ހަދަން އަދި ގަސްދު ވެސް ކޮށްފައި ނުވާކަމަށެވެ. ސަބަބަކީ ޓްރަމްޕާއި ކޮވިޑް-19 ޖެހިފައިވާ މީހަކާއި ސީދާ ބައްދަލުވެފައި ނުވުމުންނާއި، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ވެސް ޓްރަމްޕްގެ ކިބައިން ނުފެންނާތީ ކަމަށް ތަރުޖަމާން ބުންޏެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަނީ އުމުރުން ދޮށީ މީހުންނަށެވެ. ޓްރަމްޕްގެ އުމުރަކީ 73 އަހަރެވެ. އެހެންކަމުން ކޮވިޑް-19 ޖެހިއްޖެނަމަ ޓްރަމްޕްގެ ހާލު ސީރިއަސް ވުމުގެ ފުރުސަތު ބޮޑެވެ.

އެމެރިކާ އިން މިހާތަނަށް 700 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. ނަމަވެސް ޓްރަމްޕް ބުނެފައި ވަނީ ކޮވިޑް-19 ފެތުރެމުންދާ ގޮތައް ބަލާއިރު އަދި ކަންބޮޑުވާން ޖެހޭ ކަމެއް ނެތެވެ. ޓްރަމްޕް އެގޮތައް ބުނެފައި ވަނީ ހިއްސާގެ ބާޒަރުގައި އަގުތައް ދައްވިޔަ ނުދީ އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓަން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޓެސްޓަރ

  ތިގޮލާ ޓެސްޓް ކުރާނެ ކަމެއްނެތް، ތިގޮލާ މަރުވީޔާ މާރަނގަޅު.

  • ......

   ހާސްނުވޭ...ޓެސްޓް ކުރިޔަސް ކަންބޮޑުވާނެކަމެއްނެތް...އެގޮލާވެސް ތިގޮލާވެސް މިގޮލާވެސް މަރުވާނެ ކަމީ ދުނިޔޭގަ ހަމަ އެކަނި ލަފައިންނެއްޓި ޔަގީންވާ އެއްކަން...

 2. ދުއާ

  ﷲ އިރާދަފުޅުން ތި ޓުރަމްޕް އައް ކޮރޯނާ ޖެހި ވޭންދެނިވި މަރަކުން މަރުވާންދޭވޭ

 3. ފުޑި

  ކަލޭ އަށް ބަލިޖެހުން ގާތީވެސް ކަލޭއަށް އިނގޭތޭ އެކަން .. މިއެއްޗަކު ފޮނިކަމުން ޓެސްޓްވެސް ނުކޮށްދޯ އަދި މިއުޅެނީ