މޮންގޯލިއާ އާއި ޕެނަމާއިން ކޮވިޑް-19 ފެނިއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 ބަލި މިހާތަނަށް 100 އަށްވުރެ ގިނަ ގައުމުން ވަނީ ފެނިފައެވެ.

މޮންގޯލިއާގެ ސްޓޭޓް އެމަޖެންސީ ކޮމިޝަނުން ބުނި ގޮތުގައި ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނިފައި ވަނީ ޑޯނަގޮވި ޕްރޮވިންސުންނެވެ. އެ ބަލި ފެނިފައި ވަނީ އެ ގައުމުގައި ހުރި ފްރާންސްގެ މީހެއްގެ ގައިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ފްރާންސް މީހާ ދަތުރު ކުރި ފްލައިޓުގައި ތިބި މީހުން ދެނެގަތުމުގެ މަސައްކަތް މޮންގޯލިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ޕެނަމާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ ގައުމުން އެ ބަލި ފެނިފައި ވަނީ 40 އަހަރުގެ އަންހެނެއްގެ ގައިންނެވެ. އެމީހާ އަށް ބަލި ޖެހުނީ ސްޕެއިންގައި ހުރެފައި ޕެނަމާ އަށް އައި ފަހުން ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެކަމަކު، ޕެނަމާ އިން ފެނުނީ ކޮން ގައުމެއްގެ މީހެއްގެ ގައިން ކަމެއް ހެލްތު މިނިސްޓްރީން ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު