ދުބާއީން އިންޑިއާގެ މެންގަލޫރް އެއާޕޯޓަށް ދަތުރުކުރި މީހަކު، ކޮވިޑް-19ގެ އަލާމަތްތައް ހުރިކަމަށް ޝައްކު ކުރެވިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ހުއްޓާ ފިލައިފިއެވެ.
އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އިއްޔެ އައި އެ މީހާ ވެންލޮލް ހޮސްޕިޓަލަށް ގެންދިޔައީ އެއާޕޯޓްގައި ސްކްރީން ކުރުމުގެ ތެރޭގައި އޭނާގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުންނެވެ.
އަދި އެ މީހާ ވަނީ އެރޭ ދަންވަރުގެ ވަގުތެއްގައި ހޮސްޕިޓަލްގެ ސްޓާފަކާއި ޒުވާބުކޮށް، އޭނާއަށް އެ ވައިރަސް ޖެހިފައި ނެތް ކަމަށް ބުނެ އެ ހޮސްޕިޓަލުން ފިލައިގެން ގޮސްފައެވެ. އޭނާ އެ ހޮސްޕިޓަލުން ދިޔައީ، އެހެން ޕްރައިވެޓް ހޮސްޕިޓަލަކުން ފަރުވާ ހޯދާނެ ކަމަށް ބުނުމަށް ފަހުއެވެ.
އޭނާ އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށުމުން، އެއްވެސް ވަރަކަށް މެޑިކަލް އޮފިސަރުންނަށް އެއްބާރުލުން ދީފައެއް ނުވެއެވެ.
ވެންލޮކް ހޮސްޕިޓަލުން ބުނީ، އޭނާ ފިލައިގެން ދިއުމުން އެކަމާއި، އެއްވެސް އާއްމު މީހަކު ބިރުގަންނަން ނުޖެހޭ ކަމަށެެވެ.
އަދި މިހާރު އެ މީހާ ހޯދައިގެން ސަވަޔަލެންސް ޓީމުން ދަނީ އެ މީހާއާ ބައްދަލުކޮށް ހޮސްޕިޓަލަށް ދެއްކުމަށް އިރުޝާދު ދެމުން ކަަމަށް ރިޕޯޓްތައް ބުނެއެވެ.
"މިކަމާއި އެއްވެސް މީހަކު ޝައްކެއް އުފެދިގެން ނުވާނެ. އެމީހާ އާ ވާހަކަދެެކެވިގެން އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރިއަށް". އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 50 އަށް ވަނީ އަރާފައެވެ.
މަޖުލީހުގެ ރިޔާސަތުގަ މިއިނީ ތިމީހާތަ؟