މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 63 މީހަކު މަރުވެއްޖެ އެވެ.

މި ވައިރަސް ޖެހިގެން އެ ގައުމުން މިއަދު މިހާތަނަށް މަރުވި މީހުންގެ އަދަދު 91އަށް ވަނީ އަރާފައެވެ.

މިއީ އެއް ދުވަސް ތެރޭގައި މިހާތަަނަށް މި ވައިރަސް ޖެހިގެން ގިނަ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. އެގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން 354 މީހަކު ވަނީ މަރުވެފައެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 958 އަށް ވަނީ އަރާފައެވެ. މިއީ އިއްޔެ އަށްވުރެ އިތުރު އަދަދެކެވެ.

އެ ގައުމުން މިހާތަނަށް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވި މީހުންގެ އަދަދުވަނީ 9000 އަށް އަރާފައެވެ.

އީރާނުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވި މީހުންގެ ތެރޭގައި އެޤައުމުގެ މިނިސްޓަރަކާއި ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ސަރުކާރުގެ އެނޫންވެސް ބައެއް އިސް އޮފިޝަލުން ހިމެނެއެވެ.

އީރާނަކީ ދުނިޔެއިންވެސް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެ، އެންމެ ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުންދާ އެއް ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު