ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ އެއްވެސް ގައުމެއްގެ މީހަކަށް ލަންކާ އިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލައިފިއެވެ.

ލަންކާ އިން ކުއްލިގޮތަކަށް މި ފިޔަވަޅު އަޅާފައި މިވަނީ މިއަދު ލަންކާގެ ރައްޔިތަކު ކޮވިޑް-19 ވައިރަސް އަށް ފައްސި (ޕޮސިޓިވް) ވެފައި ވަނިކޮށެވެ.

ލަންކާ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިންނަށް ދޫކުރަމުން އައި އޮން އެރައިވަލް ވިސާ މިއަދުން ފެށިގެން ދޫނުކުރަން ނިންމާފައިވާ ކަމަށެވެ.

"މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތައް ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދޫނުކުރަން ސަރުކާރުން ވަނީ ނިންމާފައި. މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރު އަޅަން ޖެހިފައިވާ ފިޔަވަޅެއް ކަމަށް ސަރުކާރުން ގަބޫލު ކުރަން." ލަންކާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ވަރުގަދަ އަށް ބޯޑަރު ބަލަހައްޓާ އެއް ގައުމަކީ ލަންކާއެވެ. އެގައުމަށް އެތެރެވާ މީހުންގެ ހެލްތު ކާޑް ޗެކް ކުރަނީ ވެސް ސިފައިންނެވެ. އަދި ޝައްކު ކުރެވޭ މީހުން ވަކިވަކިން އެއާޕޯޓްގައި ވެސް ވަރަށް ބޮޑަށް ސްކްރީން ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖުސްތު

  ހަމަ މިހާރު ލަންކާ ރައްޔިތުންނަށްވެސް ރާއްޖޭން އޮން އެރައިވަލް ހުއްޓާލާ!

  32
  2
 2. މުބީނު މާރނީ

  މުސްލިމުން ވީމާ މިހެން ހަދަން ބޭނުން ވެފަތިބީ. ކިތަންމެ ދުވަހެއް.

 3. ޙަބީބު.

  ދެންލަންކާ މީހުން ބޭނުން އިރަކު ގޮސްއައިސް ހެދިގެން ނުވާނެ ބައިވަރު ދިވެހި ކިޔަވާކުދިން ލަންކާގަ އެބަތިބި ފައިސާ ފޮނުވާ ހަދަނީވެސް ދާމީހުން އަތުގަ ރާއްޖެމީ ހާދަ ކަޑަގޮތަކައް ކަންކުރާ ގައުމެކޭ

  1
  1
 4. ވިސާ

  އިންޑިޔާ މީހުން އައުން ހުއްޓުވަނީކޮން އިރަމުން ބާ؟