މެކްސިކޯގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ ކެންޑިޑޭޓެއްކަމުގައިވާ ހައިމީ ރޮޑްރިގޭޒް، އެގައުމުގައި ވައްކަންކުރާ މީހުންގެ އަތް ކެނޑުމަށް އިންތިހާބުގެ ކެންޑިޑޭޓުން ބައިވެރިވި ބަހުސްއެއްގައި ގޮވާލައިފިއެވެ.

އޭނާގެ އެ ބަސްތައް ގަބޫލުކުރަން ދަތިވިފަދަ ގޮތަކަށް ބަހުސްގައި ދެން ތިބި ބައިވެރިންގެ އަމަލުތައް ހުރިއިރު މީސް މީޑިޔާގައި އެކަމާއި ބެހޭގޮތުންވެސް އެތައް ވާހަކައެއް ދެއްކި އެތައް ސަމާސާއެއްވެސް ވަނީ ކުރެވިފައެވެ.

ފަސް ކެންޑިޑޭޓުންގެ މެދުގައި ކުރިއަށްދިޔަ އެ ބަހުސްގައި ރޮޑްރިގޭޒް އެ ގޮތަށް ވައްކަންކުރާ މީހުންގެ އަތް ކެނޑުމަށް ހުށަހަޅާފައިވަނީ ކޮރަޕްޝަންއާއި ދެކޮޅަށް އެ ކެންޑިޑޭޓުން ކުރާނޭ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަދައްކަނިކޮށެވެ. 59 އަހަރުގެ ރޮޑްރިގޭޒް ވަނީ ވައްކަންކުރާ މީހުންގެ އަތްތައް ކަނޑަންޖެހޭކަމަށާއި އަދި އެއީ ވަރަށް އާދައިގެ ފަސޭހަ ކަމެއްކަމަށާއި އަދި އޭނާގެ މި ރޭވުން ގާނޫނަކަށް ހެދުމަށް ބިލެއް ފާސްކުރުމަށް ކޮންގްރެސްގައި އެދޭނޭކަމަށްވެސް ބުނެފައެވެ. ރޮޑްރިގޭޒް އޮތީ ހިޔާލުހޯދުމުގެ ވޯޓުތަކުން ދައްކުވައިދޭގޮތުގައި އިންތިހާބުގެ ފަސް ވަނައިގައެވެ.

ރޮޑްރިގޭޒްގެ އެ ރޭވުން އިއުލާންކުރުމަށްފަހު އޭނާއަށް މަލާމާތާއި ފާޑުކިޔުން ރައްދުވާފަދަ ގޮތަކަށް އެތައް ބަޔަކު ވަނީ މީސް މީޑިޔާގައި ވާހަކަދައްކައިފައެވެ. އެގޮތުން މީހެއްގެ އަތް ކަނޑާތަން ދައްކުވައިދޭ ހަނގުރާމަވެރިޔެއްގެ މޫނުގައި ރޮޑްރިގޭޒްގެ ފޮޓޯ ސުޕަރ އިމްޕޯޒްކުރުމަށްފަހުވެސް ވަނީ އާންމުކުރެވިފައެވެ.

ރޮޑްރިގޭ ވަނީ އެގޮތަށް އަތް ކަނޑާ ގައުމުތަކުން ވަނީ ކޮރަޕްޝަންގެ ވަބާއިން މުޅިން ސަލާމަތްވެފައިވާކަމަށްވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއުމިން

    އަޅުގަނޑުމެން މުސްލިމުން އިންޝާﷲ ޤުރުއާން އަދި ސުންނަތުން ސާބިތުވާ ގޮތައް ގާނޫން ހަދައިފިއްޔާ ކޮރަޕްޝަންގެ ވަބާއިން ޔަގީނުންވެސް ސަލާމަތްވާނެ.

  2. ކަން

    ރާއްޖޭގެ އިސްލާމް ދީން ހިމާޔަތް ކުރާ ރައީސް އަށް ތިހެން ބުނާކަށްވެސް ނުކެރޭނެ އެވެ.

  3. މާއްޓޭ

    މަގެ ދީނާ މަގެ އަމުނާ ނުކުޅެއްޗޭ ބުނާ ރައީސް އަށް މިގޮތަށް ބުނުލަން ނުކެރޭތާގައި އަމަލުވެސް ނުކުރެވޭ ނުވިތާކަށް އިސްލާމީ ޝަރިއަތަށް ގޮންޖަހަނީ