ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމު ކަމަށްވާ އީރާނުން މި ބަލީގައި އިތުރު 97 މީހަކު މަރުވެއްޖެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެގައުމުން 97 މީހަކު މަރުވެފައިވާއިރު މިހާރު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 611 އަށް އަރާފައެވެ.
އެގައުމުން ކޮވިޑް-19 އިތުރު 1,365 މީހަކު ފައްސި ވެފައިވާއިރު މުޅި ޖުމްލަ 12,729 މީހަކު އެގައުމުން ވަނީ މިބައްޔަށް ފައްސި ވެފައެވެ. އަދި އެގައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 3,529 މީހަކު ބަލިން ރަނގަޅު ވެފައިވެއެވެ.
އީރާނަކީ ދުނިޔެއިންވެސް ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު، އެންމެ ހަލުވި ކަމާއި އެކީ ވައިރަސް ފެތުރެމުންދާ އެއް ގައުމު ކަމަށާއި އެގައުމުގެ ހުރިހާއި ހިސާބަކުން ވައިރަސް ފެނިފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައިވަނީ ބަލި ފުރަތަމަ ފެނުނު ޗައިނާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައިވަނީ އިޓަލީންނެވެ. އިރާން އަކީ 3 ވަނަ އަށް މިހާތަނަށް އެންމެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާ ގައުމެވެ.
މިވައިރަސްގެ ސަބަބުން މިހާތަނަށް ބަލި ފެތުރިފައިވާ ގައުމުތަކުން ވަނީ 5,000 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.
ކޮބާ ކަލޭ