ކޮވިޑް-19 ފެތުރެމުން ދާތީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ދިރިއުޅޭ ހުރިހާ އެންމެން ވެސް ކުރިއަށް އޮތް އެއްމަސް ދުވަހު ގޭގައި ނަމާދު ކުރަން އެގައުމުގެ ސަރުކާރުން އަންގައިފިއެވެ.
ޔޫއޭއީ ސަރުކާރުން ދެންމެ ނެރުނު އިއުލާނެއްގައި ބުނީ ނަމާދު ކުރަން ހާއްސަކޮށްފައި ހުންނަ ތަންތަނާއި، މިސްކިތްތަކުގައި ކުރިއަށް އޮތް އެއްމަސް ދުވަހު ނަމާދު ކުރުން ކުރިއަށް ނުގެންދަން އިލްތިމާސް ކުރާ ކަމަށެވެ.
މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅެއް ކަމަށް ވެސް އެގައުމުން ބުނެއެވެ.
ޔޫއޭއީ އިން މިހާތަނަށް 98 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ޔޫއޭއީ އިން ވަނީ އެހެން ގައުމުތަކުގެ މީހުންނަށް ވިސާ ދިނުން ހުއްޓާލާފައެވެ. އަދި ވަރަށް ގިނަ ގައުމުތަކުގެ ފްލައިޓް ދަތުރުތައް ވަނީ ސަސްޕެންޑް ކޮށްފައެވެ. ފަތުރުވެރިން އެއްވާ ތަންތަނާއި ތީމް ޕާކްތައް ވެސް ވަނީ ބަންދު ކޮށްފައެވެ. މީގެ އިތުރު ތީމް ޕާކްތަކާއި ޖިމްތަކާއި ބާތަކާއި ސިނަމާތައް ވެސް ވަނީ ބަންދުކޮށްފައެވެ.
ކައިވެނި ޕާޓީތައް ބޭއްވުން ވެސް ޔޫއޭއީ އިން މިހާރު ވަނީ މަނާކޮށްފައެވެ. އަދި 50 އަށް ވުރެ ގިނަ މީހުން ބައިވެރިވާ އެއްވެސް އެއްވުމެއް ބޭއްވުން ވެސް އެގައުމުން ވަނީ މަނާ ކޮށްފައެވެ.
ޔޫއޭއީ އަކީ އޭޝިއާ އާއި މެދުއިރުމަތި އަދި ޔޫރަޕް ގުޅުވައިދޭ މައި އެއް ބަނދަރެވެ. ވަރަށް ގިނަ ޓްރާންސިޓް ފްލައިޓްތައް މައި ހަބެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ޔޫއޭއީ އެވެ.
ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެ ގައުމުތަކުގެ ތެރެއިން އެއް ގައުމަކަށް ޔޫއޭއީ ވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
އެންމެ ގެއްލުން ވާނެ ގައުމޯ. ތެޔޮވަޅުތައް މަތިން ހަނދާން ނެތުނީ؟
އެވެސް އޯކޭ ސަޅިކަމެއްތީ
މިސްކިތްތައް ކައިރީ ފައްޅިއަޅަން ހަމަޖެއްސީ ކޮންބައެެއް.