ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް އައިސްލޭންޑާއި ބްރެޒިލް އަދި ބަންގްލަދޭޝް އިން މީހުން މަރުވެއްޖެއެވެ.

ބްރެޒިލް އިން މިއަދު ވެސް 67 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މިހާތަނަށް ބްރެޒިލް އިން ފައްސިވި މީހުންގެ އަދަދު 301 އަށް ވަނީ އަރާފައެވެ. ނަމަވެސް އަދި މިހާތަނަށް މަރުވީ އެންމެ މީހެކެވެ.

އައިސްލޭންޑުން މިއަދު 18 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. މިހާތަނަށް އެގައުމުން 225 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް އެވެ.

ބަންގްލަދޭޝް އިން މިހާތަނަށް 10 މީހަކަށް ކޮވިޑް-19 ޖެހުނު އިރު އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެގައުމުގައި ސީރިއަސް ބަލި މީހަކު ނެތެވެ.

ޑިސެމްބަރު މަހު ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 މިހާތަނަށް 196000 އަމީހުންނަށް ޖެހިއްޖެއެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 81600 މީހުންނެވެ. މިހާތަނަށް މަރުވި މީހުންގެ ޖުމްލަ 7927 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު