ކޮވިޑް-19 ޖެހިފައިވާ ކަމަށް ބެލެވޭ އިންޑިއާ މީހަކު އެގައުމުގެ ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފާ އޮއްވާ ހޮސްޕިޓަލްގެ ހަތްވަނަ ބުރިން ފުންމާލައިފިއެވެ. އޭނާ ހޮސްޕިޓަލްގެ ހަތްވަނަ ބުރިން ފުންމާލީ ބަލީގެ އަލާމާތްތައް ހުރުމުން ކަރަންޓީން ކޮށްފައި އޮއްވައެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އުމުރުން 35 އަހަރުގެ ފިރިހެން މީހާ ހޮސްޕިޓަލްގެ އިމާރާތުން ފުންމާލުމާއި އެކު އޭނާ ވަނީ މަރުވެފައެވެ. އޭނާ އިމާރާތުން ފުންމާލީ ހޮސްޕިޓަލަށް ގެނައިތާ އިރުކޮޅެއް ފަހުންނެވެ.

ނިއުދިއްލީގެ ފުލުހުން ބުނީ ދިއްލީގެ އިންދިރާ ގާންދީ އެއާޕޯޓުން ހޮސްޕިޓަލަށް ގެނައި ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު ހޮސްޕިޓަލްގެ ހަތްވަނަ ބުރިން ފުންމާލި ރިޕޯޓް ލިބިފައިވާ ކަމަށެވެ. އޭނާ އިމާރާތުން ފުންމާލީ އަމިއްލައަށް މަރުވާން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ އެމީހަކީ އޮސްޓްރޭލިއާ އިން އިންޑިއާ އަށް ދަތުރު ކުރި މީހެކެވެ.

"އަހަރެއްހާ ދުވަހު އޮސްޓްރޭލިއާގައި ދިރިއުޅެފައި އޭނާ އެނބުރި ގައުމަށް ދިޔައީ. އެއާ އޭޝިއާގެ ފްލައިޓަކުން އޭނާ އިންޑިއާ އަށް ދިއުމުން ސްކްރީން ކުރިއިރު ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވޭ. އެހެންވެ އޭނާ ހޮސްޕިޓަލަށް ގެންގޮސް ހާސް ވޯޑެއްގައި އެޑްމިޓް ކުރެވުނު." އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ހޮސްޕިޓަލްގައި ބާއްވާފައި އޮތީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށްފަހު ޓެސްޓްގެ ނަތީޖާ ލިބެންދެންނެވެ.

ކޮވިޑް-19 ޖެހިފައިވާ ކަމަށް ބެލެވޭ އިންޑިއާ މީހަކު ހޮސްޕިޓަލުން ފުންމާލައިގެން އަމިއްލައަށް މަރުވެފައި ވާއިރު މީގެ ކުރިން ވެސް އިންޑިއާގެ އެކި ހޮސްޕިޓަލްތަކުން ވަނީ ކޮވިޑް-19 ޖެހިފައިވާ ކަމަށް ބެލެވޭ އެތައް ބަޔަކު ފިލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޗައިވާލޭ

  ހޮސްޕިޓަލްތައް ބެލެހެއްޓުން މޮޅީ.

  20
  1
 2. ބީތާ

  އެމީހުން ޤަބޫލުކުރާ ގޮތުގައި މާދާމާ އޭނާ މީދަލަކަށް ނުވަތަ ވާލަކަށް ވެގެން ރީބާތު ވާނެ............އެހެން ވީމަ އެގޮލާމެންނަށް އޯކޭ އޭތި. ފާދިރީން އެތިބެނީ އިންޑާޔާ ގިނަ މީހުންގެ ބޯކާލާފަ...........މޮޔަ އިންޑިޔާ

  38