އެފްރިކާ ދެކުނަށް ނިސްބަތްވާ ޒިމްބާބުވޭ އިން ކޮވިޑް-19 ފެނިއްޖެ އެވެ.

ދެކުނު އެފްެރިކާގެ ހެލްތް މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވެފައި ވަނީ އުމުރުން 38 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާ ދިރިއުޅެމުން ދަނީ ވިކްޓޯރީއާ ފޯލްސްގައެވެ.

އެއީ އެފްރިކާގައި ފަތުރުވެރިން އެންމެ ގިނައިން ދާ އެއް ސަރަހައްދެވެ.

މިނިސްޓަރ ވިދާޅުވިގޮތުގައި، އެ މީހާއަކީ މި މަހުގެ 7 ވަނަ ދުވަހު އިނގިރޭސިވިލާތުގެ މެންޗެސްޓަރއަށް ދަތުރު ކުރި މީހެކެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު އެނބުރި އޭނާ ދިރިއުޅެމުންދާ ވިކްޓޯރިއާ ފޯލްސްއަށް އައި ފަހުން މި ވައިރަސްއަށް ފައްސިވެފައިވާކަމަށް ވިދާޅުވިއެވެ.

އެ ގައުމުން ކޮވިޑް-19 ފެނިފައިވާއިރު، ދެކުނު އެފްރިކާގެ ގިނަ ގައުމުތަކުން މި ވައިރަސް ފެނުނުތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މިއަދު މިހާތަނަށް ކޮވިޑް-19 ފެނުނު ގައުމުތަކުގެ އަދަދު ވަނީ 185 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު