ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ވަައިރަސް އެއް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އިޓަލީގެ ޑޮކްޓަރުން ގައުމުތަކަށް ވަރުގަދަ އިންޒާރެއް ދީފިއެެވެ.

ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާ އިންނެވެ. ދާދި ފަހަކާއި ޖެހެންދެންވެސް ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ޗައިނާ އަށެވެ. ނަމަވެސް މިހާރު ވައިރަސްގެ ޝިކާރަ އަކަށްވެ އެންމެ ގިނަ ބަޔަކު މަރުވަމުން ދަނީ އިޓަލީގައެވެ.

އިޓަލީގެ ހޮސްޕިޓަލްތައް ފުރި، މަރުވާ މީހުންގެ ސަންދޯތައް ގިނަ ކަމުން އިމާރާތްތަކުގެ ކޮޓަރިތައް ފުރެންދެން ވަނީ ހުސް މަރުވެފައިވާ މީހުންގެ ސަންދޯއްތަކެވެ. ޑޮކްޓަރުން ބުނެފައި ވަނީ ވައިރަސްގެ ސަބަބުން ވަކިވާ މީހުން ވަކިވަނީ އެކަނިވެރި ކަމާއި އެކު ކަމަށާއި އާއިލާގެ މީހުންނަށްވެސް ނާދެވޭ ކަމަށެވެ.

”އެއްވެސް ބަޔަކު ހީ ނުކުރާތި މިއީ ހަމައެކަނި އަހަރެމެންނަށް (އިޓަލީ) އަށް ކުރިމަތިވެގެން އުޅޭ މުސީބާތެކޭ. ސަމާލު ނުވެއްޖެނަމަ ކޮންމެ ގައުމެއްވެސް މި ދަރަޖަ އަށް ހިނގައިދާނެ. އަހަރެން ދުނިޔެ އަށް ދޭން ބޭނުންވަނީ އެންމެ މެސެޖެއް. ”ލޮކްޑައުން (ފުރަބަންދު)“. ހުރިހާ ގައުމެއްވެސް ފުރަބަންދުކޮށް އެކަކު އަނެކަކު ގައިގޯޅި ނުވެ އިހަށް ގޭގަައި ތިބެންވީ“ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އިޓަލީ ހޮސްޕިޓަލުގެ ޑޮކްޓަރެއް ބުނެފައިވެއެވެ.

އިއްޔެ އެކަނިވެސް އިޓަލީގައި ވަނީ 627 މީހުން މަރުވެފައެވެ. މިއީ ވައިރަސް ފެތުރެން ފެށި ފަހުން މުޅި ދުނިޔެ އިންވެސް އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ. އިޓަލީގައި ޖުމްލަ 4000ށް ވުރެން ގިނަ މީހުން މަރުވެފައިވާއިރު ފައްސިވި މީހުންގެ އަދަދު 50،000 އާއި ގާތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ހަންނާނު

  ކުރިން ކީއްވެތަ އިޓަލީން ފުރަބަންދު ނުކުރީ، އިޓަލީ މީހާގެ ސަބަބުން ދިވެހިރާއްޖެއައް ވެސް ތި ބަލި ފެތުރެންދިމާވީ،

  119
  10
  • Anonymous

   ކަމެއް ތަޖުރިބާ ކުރެވުނީމަ އެކަމެއް އެނގޭނީ. އަހަރެމެންނަކީ ނިކަމެތި އިންސާނުން. ނުބައިނުލަފާކަން ހައްދުންނެއްޓި ﷲ އެންގެވި ގޮތްނޫން ހުރިހާގޮތަކަށް އުޅެމުންދަނީ. މަތިވެރި ފަރާތެއްވާކަން ހަނދާން ނުކުރޭ.
   ތިކޮމެންޓުންވެސް އެނގޭ ގަޟާ ގަދަރު ނުދަންނަކަން. ވާނެހާކަމެއް އެނގޭނަމަ މިވައިރަސް އަޔަނުދޭނެ.. ނުވަތަ ވެކްސިންގއާ ބޭސް ހޯދައިގެން ތިބޭނީ. މީހަކު ހެޔޮނަސޭހަތެއް ދިނަސް ނުބައިކަން ދެއްކުން އިންސާނުންގެ މިހާރުގެ ސިފައަކީ.

   232
   7
  • ބޭރު

   އިޓަލީން ބުނެފައޮތީ ބަލިޖެހޭމީހުންގެތެރެއިން އައްޑިހަ އަނހަރުންމަތީގެ މީހުން މަރުވާން ދޫކޮއްލާނީކަމައް އެހެންވީމަ މަރުވާމީހުންގިނަވަނީ

   65
   5
  • ނުވީދޜ

   ޗައިނާއިން ފުރަ ބަންދު ކުރިނަމަ އިޓަލީއަށް ވެސް އެހެންތާކަށް ވެސް ނުދިޔައީސްދޯ؟ ދިވެހިރާއްޖޭން މަނާކޮށްފިތަ؟؟ އެހެން ޤައުމަކަށް ދަތުރުކުރަން މިތާނގަ ކޯވިޑް އުޅޭތީ..އިޓަލީ ވެސް އައުޓް ބުރޭކު އައީ ކުއްލިޔަކަށް އޭރު އެތަށް ބަޔަކު ޤައުމުން ބޭރުގަ ޗުއްޓީގަ އެމީހުންނަކީ ޓުރެވަލް ކުރާބައެއް.. ވާނުވާ ނުބަލާ ނުވީދިބަލ

   8
   5
 2. ާޫޫ މަަަރިޔަނާ

  ވަރަށް ދެރަވެއްޖެ

  105
  2
 3. ޒާހިރު21

  މިކަމުގެ ޒިންމާ ޗައިނާއިން ނަގަން ޖެހޭނެ. މިއީ ޗައިނާއިން ދުނިޔެއަށް ކުރިމަތިކުރި މުސީބާތެއް.

  18
  112
  • މަހުދީ

   ޒާހި ރު ބާ ރުލިބޭ ގަ ރީނާދައްކަދީބަލަ؟ ޗައިނާ ކު ރިކަމެއްކަން؟ އަހަންނަށް ހީވަނީ ތިކަމުގެއަޑީގައި އޮތީ އެމަ ރިކާއި އިސް ރާއީލު ހެން..

   25
   7
  • ހާމް

   ޒާހިރު 21 ހާދަަ އެހެން ކަހަލަ އެއްޗެއް ތިޔަ ބުނީ. ބޗައިނާ އަށް މުސީބާތް ކުރިމަތި ކުރުވޭތަ.

   18
   4
  • މާދަމާދެކޭމީހާ

   އެމީހުން އެކަންތައް ދުނިޔެއައް ކުރިމަތި ކުރުވީޔޭބުނާއިރު ހީވަނީ އެބުނާކަމެއް ކުރިއިރު އެތަން ބަލަން ހުރެފަ އައި މީހެއްހެން

   16
   2
 4. ހަސަނު

  ކަލޭކޮން ދެރައްވާކަށް ކަލޭވެސްތެޅޭ ވައްތަރު ތިއީ.

  5
  20
 5. ބޭރު

  އިޓަލީން ބުނެފައޮތީ ބަލިޖެހޭމީހުންގެތެރެއިން އައްޑިހަ އަނހަރުންމަތީގެ މީހުން މަރުވާން ދޫކޮއްލާނީކަމައް އެހެންވީމަ މަރުވާމީހުންގިނަވަނީ

  28
  4
 6. ސަލާމް

  ދެރަ ކަމަކި ދިވެހި ރާއްޖެއަށް މިހާރުވެސް ގެސްޓުންގެ ގޮތުގައި ގޮތުގައި އެތައް ބަޔަކު ކޮންމެ ދުވަހަކު އަންނަކަން. މިއަދުވެސް 300 ވަރަކަށް މީހުން އަތުވެއްޖެ. މީ އިންތިހާއަށް ދެރަކަމެއް. ކޮންބައެއްގެ ނުވިސްނޭ ނުފޫޒަކުން ގެސްޓުންނާ އިންޑިޔާ މީހުން ރާއްޖެ އައުން ނުހުއްޓިގެން މި އުޅެނީ؟

  76
  6
 7. ދޫކުރަންވީ

  ބައެއް ބޭކަލުން ވިދާޅުވާގޮތުން މިކަމެއް ދުނިޔެއަށް މިކުރިމަތިވީ ރ.ޔާމީނު ބަންދުކުރީމަ ! ދެންދޫކޮށްލަންވީބާ ؟

  12
  60
 8. އާދޭސް

  ހެޔޮ ވިސްނުމެއް ހުރި ބަޔަކު ތަޖްރިބާގެ އަލީގައި އެއްޗެއް ބުނާނަމަ އެ ބުނަނީ ދަތުރުތައް ހުއްޓާލާ ގައުމުތައް ބަންދު ކުރަން. މި ގައުމުގެ ސިޔާސީ މީހުންގެ ގޮވެލިފަތި އެއްފަރާތް ކޮށްލާފައި ސަލާމަތުގެ މަގު ކިރިޔާ ވެސް ޚިޔާރު ކުރެވުނީ ޑޮކްޓަރުން އެއްބަސް ކިޔާފައި ނިކުމެ ބަސްބުނަން ފެށުމުން. އާދޭސް ކޮށްފައި ޑޮކްޓަރުން ކައިރީގައި އެދެން އެހެން ގައުމުތަކުން މީހުން އަންނަ އައުން ހުއްޓުމަށް މަސައްކަތް ކޮށްދިނުމަށް. މިހާރުވެސް ގެސްޓުންވެސް އަންނަމުން ދަނީ. ވަރަށް ކަންބޮޑުވޭ ހަމަ

  27
  3
 9. މަޖިލިސް

  ކޮބާ އަންނި އޭނަ ނެރެންޖެހޭ މިވަގުތު ރައްޔިތުންނަށް ޚިދުމަތް ކުރަން. ރާއްޖެއެއް ނުހުއްޓުވޭނެއޭ ދުނިޔެއެއް ނުހުއްޓުވޭނެއޭ ގޮވާފަ ފިލާ އޮވެގެން ނުވާނެ.

  37
 10. ބްރޯ

  އިތަލީން 1،2،3 ކިޔާފަ 27 ވަނަޔަށް ބަލިއައިގައުމު ދިވެހިރައްޖެއަކީ 27 ގައުމަށް އައީކީ އެއްދުވަހަކު އެއްފަހަރަކު ނޫން ގައުމަކަށްފަހުގައުމަކަށް ބަލިޖެހެމުން އައިސް ރަާއްޖެއާހަމަޔަށް އައީ އިޓަލީ ސަރުކަރުން އެބަބުނޭ އިޓަލީގެ ހާލަތާ އިޓަލީގަ ބަލިފެތުރިފައިވާ މިންވަރު ސަރުކާރަށް ނެގޭކަމަށް .ވިީ އިރު ރާއްޖެއަށް އިޓަލީން މީހުންއައުން މަނާނުކުރީ ކީއްވެ؟ ނަސީދު ވިދާޅުވިދޯ ހުންއައުމުގެކުރިން ރަޖާލާންނުޖެހޭވާހަކަ .އޭގެ މާނަޔަކީ ބަލި ނާންނަނީސް ފިޔަވަޅު އަޅަންނުޖެހެޔޭ .ސަބަބކީ ކޮބާ؟ އާއިލީ ވިޔަފާރި އިޓަލީގެގެސްޓުން ހުއްޓުވައިފިނަމަ ވިޔަފާރިބަގުރޫޓް،ރައްޔިތުންގެ ފުރާނަޔަށް ވުރެ ޑޮލަރުގެ ދަހިވެތިކަން ކުރިޔަށް ނިކުތީ ރާއްޖެއަށް ބަލި އައުމުގެ ސިއްރަކީ މިއީ .

  24
  2
 11. ޑަރޯގާ

  ކީއްވެހޭ މޯލްޑިވްސް ލޮކްޑް ޑައުން ނުކުރަނީ؟
  ކީއްވެހޭ ކޮމްޕެނީ ، މިނިވަން މުއައްސަސާ، ފިހާރަ ތައް، ދަތުރުފަތުރު ކުރާތަންތާ އުޅޭ މުވައްޒަފުން ގޭ ބަންދަށް ނުފޮވަނީ؟
  ކީއްވެހޭ؟ ސުވާލަކީ ކީއްވެހޭ؟ ޖަވާބަކީ.....

  22
  1
  • ސާނީ

   ތިސުވާލުގެ ޖަވާބަކަށް ސަރުކާރު އޮތީ ނުކުޅޭދިފާ......ކީއްވެ އެއްބަޔަކަށް ގޭގަ ތިބެން އަންގަނީ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

 12. ނަގޫރޯޅި

  އަތް ދޮވުމަކުން އެކަނި ސަލާމަތެއް ނެތް. ﷲ އައް ދުއާ ދަންނަވާ އެކަން ކު ރެވޭނީ ގާންތާހި ރުވެ ވުލޫކޮއް އެއާވިދިގެން ތިމާގެ އަހްލާގް އެކަމައް ބައްޓަންވެގެން. ޖަމާ އަތުގަ ނަމާދު ނުކު ރެވޭތާ އެކަހެ ރިކޮއް އެކަން ކޮއްފާނެތީވެ މާލޭގެ ގިނަ މިސްކިތް ތަކުން ހު ރީ މިއަދު ފެން ކަނޑާލާފަ. ކުދި ކޮތަ ރުކޮށީގަ މާލޭގަ އުޅޭއި ރު ގޭގަ ނަމާދު ކު ރުމަކީ ތަކުލީފެއް

  19
  1
 13. ބަތާވީސް

  އިޓަލީން ދުނިޔެއަށް ދޭ މެސެޖުން ފިޅާވަޅު ދަސްކޮށް ފިޔަވަޅު އަޅަން ނުވޭބާ! އަދިވެސް ގެސްޓަކު ރާއްޖެ ނޭރުވިގެންބާ އުޅެންވީ! ފޫކޮޅުގައި ހުޅުހިފީމާބާ ތެޅިގަނެވެންޖެހެނީ! ލޮކް ކުރާވާހަކަ ކަންފަތަށް ނީވެނީ ތިމަރަކަހަލަ އެއްޗެއް އެޅިފައި ހުރީމާކަންނޭގެ!

  16
  1
 14. ޢަހުމަދު

  ޝައްކެއްވެސް ނެތް، ޔާމީން ވެ ރިކަމުގައި ހު ރިނަމަ ފިޔަވަޅު އެޅުން އަވަސްވީސް. މިހާ ރު މީޑިއާ ތަކަށް އަ ރާ ފޮނި ކަނޑަނީ ވަތަށް ކަމެއްވާ ބައެއް ކަމަށް ހެދިގެން. އެންމެ ކުޑަމިނުން ސްކޫލާއި ތަން ބަންދު ކު ރީ ރައްޔިތުން ޕް ރެޝަ ރަށް. ރަނގަޅަށް ލޮކްޑައުން ތަންފީޒުވެސް ނުކު ރެވިގެން މިއުޅެނީ. ކު ރިއަށް އޮތީ ދަތިދުވަސް ތަކެއް. ޔާމީން ވެ ރިކަމުގައި ހު ރިނަމަ އަޅަންވީ ރަނގަޅު ފިޔަވަޅު އިނގޭނެ.

  23
  8
 15. ޒިއްމާނަގަން.ޖެހޭފަރާތް

  މިކަމުގެ ޒިއްމާނަގަން ޖެހޭނީ ގެރިމޯދީއާއި އެމެރިކާ މުސްލިމުން ކަތިލާ މަރާ ކުދިކޮށް ކޮށާ ފުނިފުނިޖަހާ އަންދާ ދުނިޔެ މަތީގެ ސުވަރުގެ ކަމަށްވާ މިސްކިތްތައް އަންދާ މުސްލިމުންނާއި މިސްކިތްތައް ހުސް ކުރަން ގެރި މޯދީ އާއި ގެރިމޯދީއަށް ބައިއަތު ހިފައިގެން ތިބި މިދިވެހި ރާއއޖޭގައި މިިހާރު ވެރިކަން ކުރަމުދާ ލާދީނީ އެމްޑީޕީ ގެ ބައިގަނޑު އިސްލާމް ދީނަށް މަލާމާތްކޮށް އިސްލާމް ދީން ނަށްތާލުމުގައި އެބައި ގަނޑު ހައްދުފަހަނަ އަޅައި ދިއުމުގެ ނަތީޖާ

  14
  2
 16. ބާރު

  މީމަގޭރާއްޖެ ނުހައްޤުން ޖަލުގައި ރައީސްޔާމީން ޖަލަށްލި ބައިގަނޑު ދެއިރު ދެދަޅައަށް ފޮންނައްކާ އަށް ދުވި ބައިގަނޑުގެ މަގުބަންދުކުރެއްވި ﷲގެ ކުޅަދުންވަންތަ ކަންނިކަންދެކިބަލަ ތިތިބީ ރާއްޖެ ބައްދުގައި ކޮންފަރާތެއް ގެބާރުތަ ގަދައީ ދެންވެސް ދީނަށް ފުރަށްސާރަނުކޮށް ހޭއަރާބަލަ ބާރުދެއްވަނީ ﷲ އެބާރު ގެންދަވާނީ ވެސްﷲ!

  13
  2
 17. ނަދީމް

  ރ.ޔާމީން ހުންނެވިނަމަ މާ ކުރިން އޮންނާނީ އަޅަންވާ ހުރިހާ ފިޔަވަޅެއް އަޅާނިންމާފަ. މާކުރީބައިގަ ރާއްޖެ ލޮކްޑައުންވެސް ކުރީސް. މި ހާލަތުގަ ރައްޔިތުން ދޫކޮށް ފިލައިގެން ނުދާނެ ބޮޑުފޮއްޓަށް އެރި އޮއްނާކަށް. އަދި ފާތުން މެޑަމް އަކީ މާ ދީލަތި ބޭކަނބަލެއް މި ދަނޑިވަޅުގަ ރައްޔިތުން ބޭނުންވާނޭ އެތަންއެއްޗެއް ރައްޔިތުންނައް ހަދިޔާކުރީސް.

  20
  7
 18. މިންވާލް

  މިންވާލް

 19. ވޮއްކޮޅު

  ބަލަގަ ޔާމީންނަކީ ކަންކަންވާނެގޮތާއި ނުވާނެގޮތް އެނގޭމީހެއްތަ އަޅެފަހެ ހޭބަލިނުވެ ކުފުރުބަސްތައް ނުކިޔާ މައިތިރިވެބަލަ ޔާމިނަކީ ގައްދާރެއް ؟

  3
  1